Advertisement

ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަދީލް

5 އޮގަސްޓު 2023 - 15:10 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އެމްއެންޕީގެ ރަނިން މޭޓް ޑރ. އަހުމަދު އަދީލް ނަސީރު


ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަދީލް

5 އޮގަސްޓު 2023 - 15:10 0

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމްގެ ރަނިން މޭޓަކަށް ޑރ. އަހުމަދު އަދީލް ނަސީރު ހަމަޖައްސަވައިފި އެވެ.

އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އަދީލް، ރަނިން މޭޓަކަށް އިއުލާނުކުރުމަށް މިރޭ އެ ޕާޓީއިން ބިލަބޮންގް ހައި ސްކޫލްގައި ހާއްސަ ޖަލްސާއެއް ބާއްވާނެ އެވެ.

އަދީލް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ކަމަށް 2019 ގައި އަމިއްލަ ގޮތުން ވާދަކުރެއްވި އެވެ. ނަމަވެސް, އެ އިންތިހާބުގައި އޭނާއަށް ލިބިވަޑައިގެންނެވީ 24 އިންސައްތަ ވޯޓެވެ. އެ ގޮނޑި 70 އިންސައްތަ ވޯޓާ އެކު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ނާޒިލް އެވެ.

އައްޑޫގެ ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފައިވާ އަދީލް ވަނީ މެނޭޖްމަންޓުގެ ދާއިރާ އިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.

އަމިއްލަފުޅަށް އުފެއްދެވި އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމް ހޯއްދެވީ ނިމިދިޔަ ޖެނުއަރީ 14، ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އިތުރު ބޭފުޅަކު ވާދަނުކުރެއްވުމުން ވޯޓަކާއި ނުލަ އެވެ.

މިއީ، ރައީސް މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް، ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.