Advertisement

މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގެންފި

4 އޮގަސްޓު 2023 - 20:49 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޝަހީދު ހުސައިން އާދަމް ބިލްޑިން؛ ފުލުހުން ބުނީ މީހަކު ރަހީނުކޮށް އޭނާއަތުން ފައިސާތަކެއް ފޭރިގެންފައިވާކަމަށް -- ފޮޓޯ: އިޔާން/އަދަދު


މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގެންފި

4 އޮގަސްޓު 2023 - 20:49 0

މާލޭގައި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގެންފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެސްޓުހައުސްއެއްގެ ތެރެއަށް ވައްދައި އޭނާގެ އަތުން ފައިސާތަކެއް ފޭރިގަތް މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ފައިސާތައް ފޭރިގެންފައި ވަނީ ގަދަކަމުން ބޭންކު އެކައުންޓުން ޓްރާންސްފާ ކުރުވައިގެން ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެންދުރު 1:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ޖޫން މަހުގެ ތޭރޭގައި ތިން ދިވެއްސަކު ރަހީނުކުރި މައްސަލައެއް ފެންމަތިވި އެވެ. ފުލުހުން ގޮސް ބާރުގެ ބޭނުންކޮށްގެން ވަދެ އެ ތިން މީހުން ސަލާމަތްކުރި އިރު އެމީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް ވެއެވެ.

އެ މައްސަލާގައި ދެމީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ވެސް ހިމެނުނެވެ.