Advertisement

ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ޒަބީހު

3 އޮގަސްޓު 2023 - 20:19 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި، އެމްއާރުއެމްގެ ސްލޮޓެއްގައި ހުންނެވި އިސްމާއިލް ޒަބީހު އަދި ރައީސް މައުމޫން- ފޮޓޯ: ފައިލް


ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ޒަބީހު

3 އޮގަސްޓު 2023 - 20:19 0

ސެޕްޓެމްބަރު 9, ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރައްވާ، އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނުގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް އެ ޕާޓީގެ ކައުންސިލް މެމްބަރު އިސްމާއިލް ޒަބީހު ހަމަޖައްސަވައިފި އެވެ.

ޒަބީހު، އެމްއާރުއެމްގެ ސްލޮޓުގައި މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި އެވެ. ނަމަވެސް ސަރުކާރުން ވަނީ ޖޫން، 23 ގައި ޒަބީހު އެ މަގާމުން ވަކިކޮށްފަ އެވެ.

ފާރިސްއަށް އެމްއާރުއެމްގެ ރިޔާސީ ޓިކެޓު ދީފައިވާއިރު ގާނޫނުން ލާޒިމްކުރާ މެމްބަރުންގެ އަދަދު ހަމަނުވެގެން އެ ޕާޓީ އުވާލަން އީސީއިން ނިންމި މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ. އެހެންކަމުން، އެމްއާރުއެމަށް ވާދަނުކުރެވޭ ހާލަތެއްގައި އަމިއްލަ ގޮތުން ވާދަކުރަން ބޭނުންވާ 1،500 މީހުންގެ ތާއީދު ސޮއި ވެސް ފާރިސް ވަނީ ހަމަކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދި ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފުރުސަތު 22 ޖުލައި އިން ފެށިގެން ހުޅުވާލާފައި ވާއިރު، އެ މުއްދަތު ހަމަވާނީ މިމަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށެވެ. ނަމަވެސް، އަދި މިހާތަނަށް އެއްވެސް ކެންޑިޑޭޓަކު ފޯމު ހުށަހަޅާފައެއް ނުވެ އެވެ.

އަންނަ ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޕާޓީތަކުން އިއުލާންކުރި ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމްގެ އިތުރުން، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީނަށް ވާދަ ނުކުރެވިއްޖެ ނަމަ ނިކުންނަވާނީ ޑރ. މުހައްމަދު މުއިއްޒު އެވެ.