Advertisement

ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި ތިން މީހުން ހައްޔަރުކޮށްފި

31 ޖުލައި 2023 - 12:15 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މީގެ ކުރިން ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު


ގއ. ވިލިނގިލީގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި ތިން މީހުން ހައްޔަރުކޮށްފި

31 ޖުލައި 2023 - 12:15 0

ގއ. ވިލިނގިލީގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާ ކުރި ތިން މީހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެ މީހުންގެ ތެރޭގައި 20 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 30 އަހަރުގެ ފިރިހެނަކު ހިމެނެ އެވެ. ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިންނެވެ.

ޖިންސީ ގޯނާ ކޮށްފައި ވަނީ އެއަތޮޅުގެ ރަށަކަށް ނިސްބަތްވާ 22 އަހަރުގެ އަންހެނަކަށް ކަމަށް ފުލުހުން ބުނެ އެވެ.

އަހަރުގެ މިހާތަނަށް ޖިންސީ ގޯނާ އަދި ފުރައްސާރަ ކުރުމުގެ 157 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.