Advertisement

އެއާޕޯޓު އެމްޑީގެ ވެހިކަލް ހޯދައިފި، ގެއްލިގެން ހޯދި އިމިގްރޭޝަންގެ އުޅަނދެއް ވެސް އެތަނުން ފެނުނު

2 މޭ 2024 - 09:35 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ސަރަހައްދު: އެއާޕޯޓުގެ މުހިންމު ތަންތަނުގައި ކެމެރާ ނެތް މައްސަލަ ކުރިން ވެސް ފެންމަތިވެފައިވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެއާޕޯޓު އެމްޑީގެ ވެހިކަލް ހޯދައިފި، ގެއްލިގެން ހޯދި އިމިގްރޭޝަންގެ އުޅަނދެއް ވެސް އެތަނުން ފެނުނު

2 މޭ 2024 - 09:35 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ހުއްދައަކާ އެކު މެނުވީ ނުވަދެވޭ ސަރަހެއްދައްގައި އޮއްވައި ވަގަށް ގެންދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ހޯދައިފި އެވެ.

އެމްއޭސީއެލް އިން ވަނީ އެމްޑީގެ ވެހިކަލް ގެއްލުނު ކަން "އަދަދު" ނޫހަށް ކަށަވަރު ކޮށްދީފަ އެވެ. އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހަތް ސީޓު ހުންނަ ލަގްޒަރީ އެ ވެހިކަލް ފުލުހުން ހޯދާފައިވާކަން ވަނީ ޔަގީން ކުރެވިފަ އެވެ.

އެ ވެހިކަލް ފެނުނު ތަނުން އެއާޕޯޓުން މީގެ އެތައް ދުވަހެއް ކުރިން ގެއްލިފައިވާ އިމިގްރޭޝަންގެ ވެހިކަލެއް ވެސް ވަނީ ފެނިފަ އެވެ.

މިކަމާ ގުޅުން ހުރި މައުލޫމާތު އެނގޭ މީހަކު "އަދަދު" ނޫހަށް ކިޔައިދިން ގޮތުގައި އެ ވެހިކަލް ގެންގޮސްފައި ވަނީ ނަންބަރު ބޯޑު ބަދަލުކޮށްގެންނެވެ. ވެހިކަލް ޕާކު ކޮށްފައި އޮންނަ ތަނަށް ވަދެވެނީ ހާއްސަ ހުއްދައެއް އޮންނަ މީހުންނަށް ކަމަށް ވެސް ވަނީ އެނގިފަ އެވެ.

އެ ކަމާ ގުޅިގެން ވެހިކަލް ގެންދިޔަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އެ އިދާރާއިން ހާމަނުކުރެ އެވެ.

މީގެ ކުރިން ވެސް އެއާޕޯޓުން ތަކެތި ގެއްލޭ މައްސަލަ އާއި އެއާޕޯޓުގެ ސެކިއުރިޓީގައި ބޮޑެތި ބާގަނޑުތަކެއް ހުރި މައްސަލަ ވަނީ ފެންމަތިވެފަ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ފުލުހުން ވަނީ އެއާޕޯޓުގެ މުހިންމު ތަންތަނުގައި ސީސީޓީވީ ކެމެރާ ނެތް ކަމަށް ވެސް ބުނެފަ އެވެ.