Advertisement

ފޭދޫ ސްޕާއަކުން ތިން އަންހެނުންނާއި ދެ ފިރިހެނުން ހައްޔަރުކޮށްފި

2 މޭ 2024 - 11:41 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ފޭދޫ ސްޕާއަކުން ތިން އަންހެނުންނާއި ދެ ފިރިހެނުން ހައްޔަރުކޮށްފި

2 މޭ 2024 - 11:41 0

އައްޑޫ އަތޮޅު ފޭދޫގައި ހިންގަމުންދިޔަ ސްޕާއަކުން ފަސް މީހުން ހައްުޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި ހައްޔަރުކުރީ ދިވެހި ދެ ފިރިހެނުންނާއި ތައިލޭންޑަށް ނިސްބަތްވާ ތިން އަންހެނުންނެވެ. މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މާޗު 9, ގައި ފުލުހުން ވަނީ އައްޑޫގައި މިފަދަ އިތުރު އޮޕަރޭޝަނެއް ވެސް ހިންގާފަ އެވެ. އެ ފަހަރު ހިތަދު އާއި މަރަދޫގައި އޮޕަރޭޝަންތަކެއް ހިންގައި, ކޮންމެ ރަށަކުން ފަސް މީހުން ހައްޔަރުކުރި އެވެ.

އޭގެ ތެރޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ހައްޔަރުކުރި މީހުން ވެސް ހިމެނެ އެވެ. އެ ފަހަރު ހައްޔަރުކުރީ ތިން ދިވެހި ފިރިހެނުންނާއި ފަސް ތައިލެންޑު އަންހެނުންނާއި އިންޑިއާ އަދި މިއަންމާ މީހެކެވެ.

މާލެ އާއި އައްޑޫގައި ހިންގާ ބައެއް މަސާޖު ޕާލާތަކާއި ސްޕާތަކުގައި ބިދޭސީ އަންހެނުން ލައްވައި ހަށިވިއްކުވާ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެފަދަ ތަންތަނުގައި ހަށިވިއްކަމުން ދަނިކޮށް ވެސް ފުލުހުން މީގެ ކުރިން މީހުން އަތުލައިގަނެފައި އެބަ ހުއްޓެވެ.