Advertisement

ޖިންސީ ގޯނާގެ މައްސަލައެއްގައި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

2 މޭ 2024 - 11:32 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ޖިންސީ ގޯނާގެ މައްސަލައެއްގައި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

2 މޭ 2024 - 11:32 0

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި އުމުރުން 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އެ މައްސަލަ ހުށަހެޅީ ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭ ފުލުހުންގެ ސައުތު ޕޮލިސް އަށް ކަމަށް ފުލުހުން ބުނެ އެވެ.

ކުއްޖާގެ ވަނަވަރު ހިމާޔަތް ކުރުމުގެ ފުލުހުން ވަނީ ހާދިސާ ހިނގި ރަށް ސިއްރުކޮށްފަ އެވެ. އެއީ ގާނޫނުތަކުން ފުލުހުންގެ މައްޗަށް ލާޒިމު ކުރާ ކަމެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ އެވެ. ރާއްޖޭގައި ފުލުސް އޮފީހަށް އެންމެ ގިނައިން ހުށަހަޅާ އެއް މައްސަލައަކީ ވެސް ޖިންސީ ކުށުގެ މައްސަލަތަކެވެ.

މުޅި ދިވެހިރާއްޖޭގެ އާބާދީގެ 15 ޕަސެންޓު ކުދިން ބޮޑުވިއިރު ޖިންސީ އަނިޔާއެއް ކޮންމެވެސް ގޮތަކުން ލިބިފައިވާ ކަމަށް ޔުނިސެފުން މީގެ ކުރިން 2020 ވަނަ އަހަރު ބުނެފައިވެ އެވެ.