Advertisement

ސަބްސްޓޭޝަނެއްގައި ރޯވެ މުޅި އިރާގުން ކަރަންޓު ކެނޑިއްޖެ

30 ޖުލައި 2023 - 05:40 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިއީ އިރާގަށް އެންމެ ހޫނުގަދަ ދުވަސްވަރު.


ސަބްސްޓޭޝަނެއްގައި ރޯވެ މުޅި އިރާގުން ކަރަންޓު ކެނޑިއްޖެ

30 ޖުލައި 2023 - 05:40 0

އިރާގަށް އާދަޔާ ހިލާފަށް ހޫނުގަދަވަމުން ދަނިކޮށް ކަރަންޓު ސަބްސްޓޭޝަނެއްގައި ރޯވެ މުޅި ގައުމުން ކަރަންޓު ކެނޑިއްޖެ އެވެ.

ބޮޑު ތެޔޮ ވަޅުތައް ހުރި ނަމަވެސް، އިރާގުގައި އެންމެ ބޮޑު އެއް މައްސަލައަކީ ރަނގަޅަށް ކަރަންޓު ނުލިބުމުގެ މައްސަލަ އެވެ.

ކޮންމެ އަހަރަކު ވެސް ހޫނު މޫސުމުގައި ޑިމާންޑު ބޮޑުވެ، ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ނެތިގެން ކަރަންޓުގެ ހިދުމަތް ލިމިޓުކުރަން ޖެހެ އެވެ.

އިލެކްޓްރިސިޓީ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބަސްރާ ޕްރޮވިންސްގެ ޓްރާންސްމިޝަން ސަބްސްޓޭޝަނެއްގައި ރޯވީ ހޮނިހިރު ދުވަހުގެ މެންދުރު ކަމަށެވެ. އެއާ އެކު މުޅި ކަރަންޓު ގްރިޑް އެއްކޮށް ހުއްޓުނެވެ.

އެ މިނިސްޓްރީގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުނީ އެއީ މައި ގްރިޑް ކަމަށާއި މުޅި ގައުމުން ކަރަންޓު ކެނޑުނު ކަމަށެވެ. އަލުން ގްރިޑް ހަމައަކަށް އެޅުމުގެ މަސައްކަތް ވަރަަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.

ހޫނު މޫސުމުގައި ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 10 ގަޑިއިރު އިރާގުގައި ކަރަންޓު ކަނޑަ އެވެ. އެހެންވެ، ގޭބިސީތަކުން ބަރޯސާ ވަނީ ނެއިބާހުޑްތަކަށް ހާއްސަކޮށް ބަހައްޓާފައި ހުންނަ ބެކްއަޕް ޖެނެރޭޓަރުތަކަށެވެ.