Advertisement

މިނިވަން ދުވަހުގެ މުނާސަބަތުގައި ދިރާގުން ޑްރޯން ޝޯއެއް

29 ޖުލައި 2023 - 23:31 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މިނިވަން ދުވަހުގެ މުނާސަބަތުގައި ދިރާގުން ކުރިއަށް ގެންދިޔަ ޑްރޯން ޝޯ ރައީސްގެ ދެކަނބަލުން ބައްލަވަނީ - ފޮޓޯ: ރައީސް އޮފީސް


މިނިވަން ދުވަހުގެ މުނާސަބަތުގައި ދިރާގުން ޑްރޯން ޝޯއެއް

29 ޖުލައި 2023 - 23:31 2

މިނިވަންކަމަށް 58 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި، ދިރާގުން އިސްނަގައިގެން މާލޭގައި ޑްރޯން ޝޯ އެއް މިރޭ ކުރިއަށް ގެންގޮސްފި އެވެ.

ދިރާގާއި ހޯމް މިނިސްޓްރީ ގުޅިގެން ޑްރޯން ޝޯ ކުރިއަށް ގެންދިޔައީ މިރޭ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އެ ޝޯ ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި، ދައުލަތުގެ އެހެން ބައެއް އިސްވެރިން ސެންޓްރަލް ޕާކަށް ވަޑައިގެންނެވި އެވެ. އެ ޝޯ ބަލަން ގިނަ އަދަދެއްގެ އާއްމުން ވެސް ޖަމާވި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޑްރޯން ޝޯ ބާއްވަން ފުރަތަމަ އޮތީ ރޭގަ އެވެ.

ނަމަވެސް މާލެ ސަރަހައްދުގައި، ހޮޑުލެވުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި ހޮސްޕިޓަލުތައް ބާރު ބޮޑުވުމާއެކު ރޭ މިިނިވަން ދުވަހުގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދަން ނިންމި އެވެ. އެއަށް ފަހު އެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ މިރެ އެެވެ.

ދިރާގުން ވަނީ މިނިވަން ދުވަހާ ގުޅުވައިގެން ހާއްސަ ޑޭޓާ ޕެކޭޖުތަކެއް ވެސް ހުޅުވާލާފަ އެވެ. މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް އެންމެ 99 ރުފިޔާއަށް "މިނިވަން އުފާ އެޑްއޮން" އެކްޓިވޭޓް ކޮށްލައިގެން 24 ގަޑިއިރަށް އަންލިމިޓެޑް މޮބައިލް ޑޭޓާ ލިބޭނެ އެވެ.

ކުށެއްގެ އިސްލާހު


މި ހަބަރުގައި ކުރިން، މިއީ ރާއްޖޭގައި ބޭއްވި ފުރަތަމަ ޑްރޯން ޝޯ ކަމަށް ލިޔެވިފައިވަނީ ކުށަކުންނެވެ. އެކަމަށްޓަކައި ވަރަށް ބޮޑަށް ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. މާލޭގައި އެންމެ ފުރަތަމަ ޑްރޯން ޝޯއެއް ބޭއްވީ 2020 ގަ އެވެ.