Advertisement

މިޔަންމާގެ އިދިކޮޅު ލީޑަރު ސޫ ކީ ޖަލުން ގޭ ބަންދަށް ބަދަލުކޮށްފި

28 ޖުލައި 2023 - 08:14 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސޫ ކީގެ އުމުރުން މިހާރު 78 އަހަރު. -- ފޮޓޯ: ގެޓީ އިމޭޖާޒް


މިޔަންމާގެ އިދިކޮޅު ލީޑަރު ސޫ ކީ ޖަލުން ގޭ ބަންދަށް ބަދަލުކޮށްފި

28 ޖުލައި 2023 - 08:14 0

މީގެ ދެ އަހަރު ކުރިން ހިންގި އަސްކަރީ ބަގާވާތެއްގައި ވެރިކަމުން ދުރުކުރި މިޔަަންމާގެ އަންގް ސަން ސޫ ކީ ޖަލުން ގޭ ބަަންދަށް ބަދަލުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު އުމުރުން 78 އަހަރުގެ ސޫ ކީ ބަދަލުކުރީ ސަރުކާރުގެ އިމާރާތަކަށެވެ. ސޫ ކީ މީގެ ކުރިން ވަނީ އެއް އަހަރު އެކަހެރިކޮށް ޖަލުގައި އުޅެފަ އެވެ.

ސިއްރުކޮށްގެން ސިފައިން ބޭއްވި ޝަރީއަތްތަކެއްގައި ތަފާތު އެކި ކުށްތައް ސާބިތުވެ، ސޫ ކީއަށް 33 އަހަރުގެ ޖަލު ހުކުމް އިއްވާފައިވެ އެވެ.

ފާއިތުވި ދެ އަހަރު ސޫ ކީގެ ހާލަތާ ގުޅޭ މާ ބޮޑު އެއްޗެއް ނޭނގެ އެވެ. ބައެއް ރިޕޯޓުތައް ބުނީ ގޭ ބަންދަށް ބަދަލުކުރީ ސިއްހީ މައްސަލަތަކާ ހެދި ކަމަށެވެ.

އެހެން ނަމަވެސް އެއީ ދޮގު ރިޕޯޓުތަކެއް ކަމަށް ސިފައިން ބުނެ އެވެ.

ބަގާވާތަށް ފަހު މިޔަންމާގައި ދާހިލީ ހަނގުރާމަ ކުރިއަށްދާ އިރު މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވެ އެވެ. ގައުމުތަކުން ވަނީ ސިފައިންގެ ވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅައިފަ އެވެ.

މި އަަހަރުގެ ޖޫން މަހާ ހަމައަށް ގޭ ބަންދުގައި ބެހެއްޓުމަށް ފަހު އެކަހެރިކޮށް ޖަލުގައި ބަންދުކުރި އެވެ. ސޫ ކީއަށް ކުރާ ހުރިހާ ތުހުމަތުތަކެއް އޭނާ ދޮގުކުރެ އެވެ.