Advertisement

ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިނުވި ސަބަބު އެމްއޯސީން ސާފުކޮށްދީފި

27 ޖުލައި 2023 - 12:27 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިނުވި ސަބަބު އެމްއޯސީން ސާފުކޮށްދީފި

27 ޖުލައި 2023 - 12:27 1

އަންނަ މަހުގެ 4-11 އަށް ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން ވާދަނުކުރަން ނިންމި ނިންމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ސާފުކޮށްދީފި އެވެ.

އެމްއޯސީން ރޭ ދިވެހިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޓީން މީގެ ކުރިން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގެ މާނަ އޮޅޭގޮތަށް ކަންކަން ހިނގަމުންދާތީވެ، މި ނިންމުން އަންނަން ދިމާވި ސަބަބުތައް ކަންތައްތައް ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

އެ ގޮތުން، ބަޔާނުގައި ބުނެފައިވާ ގޮތުން، އެމްއޯސީ އާއި ޔޫތު މިިނިސްްޓްރީން މަޝްވަރާ ކުރުމަށް ފަހު އެ ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ، ޓްރިންޑާޑް އެންޑް ޓޮބޭގޯ އަށް ދިއުމަށް (2 ކުޅިވަރަކުން ހަ އެތުލީޓު އަދި އޮފިޝަލުންނަށް) ޓިކެޓްގެ ހަރަދަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ ހަރަދުވާއިރު، އެ މުބާރާތުގައި ވާދަކުރަން ދާން ތިބި އެތުލީޓުންނަށް ދިގު ދަތުރުތަކެއް ކޮށް، އިވެންޓްގައި ވާދަކޮށްގެން އެކަށީގެންވާ ކުރިއެރުމެއް ނުވަތަ ކާމިޔާބެއް ލިބޭނެ ކަމަށް ނުފެންނާތީ އެވެ.

އެހެންވެ، އެ ފައިސާ އެ އަށް ވުރެ މުހިންމު އަދި ބޭނުންތެރި ކަންކަމަށް ހަރަދުކުރުމުގެ ވިސްނުން އިސްކުރީ ކަމަށް ބަޔާނުގައިވެ އެވެ.

ކުރިއަށް ހުރި ކަންކަމަށް ބެލުމަށް ފަހު، އެމްއޯސީ އާއި މިނިސްޓްރީ އަށް ބެލެވުނީ ކޮމަންވެލްތު ޔޫތު ގޭމްސް އަށް ހަރަދުކުރަން ބަޖެޓް ކުރި އެ ފައިސާ، އަންނަ މަހު 23 އިން ސެޕްޓެމްބަރު ހަތަރަކަށް މަޑަަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވާން ހަރަދުކުރުން މާ ރަނގަޅުވާނެ ކަމަށެވެ. އެ ކަމަށް އޮތް އެންމެ ބޮޑު ފަސޭހަ އަކީ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަކުރާ އެތުލީޓުންނަކީ އައިއޯއައިޖީގައި ވެސް ވާދަކުރާނެ އެތުލީޓުން ކަމަށް ވުމެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިނުވީ މާލީ ދަތިތަކާ ހެދި ނޫން ކަމަށާއި ދަތުރުފަތުރާއި މުބާރާތުގައި ހާސިލްކުރެވޭނެ ކަންކަމަށް ބަލާފައި ނިންމި ނިންމުމެއް ކަމަށެވެ. އަދި އެންމެ ބޮޑު ފޯކަސް އެއް ބަހައްޓައިގެން، އައިއޯއައިޖީ އަށް ތައްޔާރުވަމުން އަންނަނީ، 2019 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ވުރެ ގިނަ މެޑަލް ހޯދުމުގެ އަމާޒުގައި ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.