Advertisement

ރަސްމީ ދަތުރުފުޅެއްގައި ޖަޕާންގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަންނަވަނީ

24 ޖުލައި 2023 - 21:34 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ރަސްމީ ދަތުރުފުޅެއްގައި ޖަޕާންގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ވަޑައިގަންނަވަނީ

24 ޖުލައި 2023 - 21:34 0

ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމަސާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެކަން ފޮރިން މިނިސްޓްރީން ހާމަކޮށްފި އެވެ.

އެމަނިކުފާނު ރާއްޖެއަށް ކުރައްވާނީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. ޖުލައި 29 އިން 30 އަށް ކުރައްވާ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ވެސް އެމަނިކުފާނު ބައްދަލުކުރައްވާނެ އެވެ. އޭގެ އިތުރުން, ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭ ހިއުމަން ޑިވެލޮޕްމެންޓު ސްކޮލާޝިޕްތަކުގެ އެއްބަސްވުމުގައި ވެސް ސޮއިކުރައްވާނެ އެވެ.

މިއީ ޖެނުއަރީ 2018 ގައި, އޭރު ޖަޕާނުގެ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޓަރޯ ކޮނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން ޖަޕާން ސަރުކާރުގެ އިސްވެރިޔަކު ރާއްޖެއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.