25 ޖުލައި 2023 - 06:48 0
ފާތިމަތު ސާޔާ އަހުމަދު
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން. -- ފޮޓޯ: ރޮއިޓާޒް
25 ޖުލައި 2023 - 06:48 0
ޕާކިސްތާާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހައްޔަރު ކުރުމުގެ އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ހޯމަ ދުވަހުގެ ރޭ ނެރެފި އެވެ.
ކޮރަޕްޝަން މައްސަލައަކާ ގުޅިގެން މިދިޔަ މޭ މަހު ވެސް އިމްރާން ހައްޔަރު ކުރި އެވެ. އެ ފަހަރު އިމްރާންގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން ދަނިކޮށް، ބަންދުން ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ.
ހޯމަ ދުވަހުގެ ރޭ އިލެކްޝަންސް ކޮމިޝަނުން އަމުރު ނެރުނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ. އަދި އެ އަމުރު ފުލުހުން ތަންފީޒު ކުރާނެ ކަމެއް ވެސް ސާފެއް ނޫނެވެ.
ޕާލަމެންޓުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުން ބޮޑު ވަޒީރު ކަމުގެ މަގާމު ގެއްލުމާ އެކު އިމްރާނަށް ވަނީ ތަފާތު އެކި ގާނޫނީ ހުރަސްތަކާ ކުރިމަތިވާން ފަށައިފަ އެވެ.
އެގޮތުން ކޮރަޕްޝަނާއި، ހަމަނުޖެހުން އުފެއްދުމާއި، ގައުމު ބައިބައިކުރަން އުޅުމާއި، މީހުން މެރުން ފަދަ ގިނަ ތުހުމަތުތަކެއް އިމްރާންއާ ދެކޮޅަށް އެކި އިދާރާތަކުން ދަނީ ބަލަމުންނެވެ.
އެންމެ ފަހުން ފެންމަތިވި މައްސަލައަކީ ދައުލަތުގެ ސިއްރުތައް ހާމަކުރި ކަމަށް ބުނާ މައްސަލައެކެވެ. މިދިޔަ ހަފުތާގައި އިންޓީރިއާ މިނިސްޓަރު ވިދާޅުވީ އެ ތުހުމަތުގައި އިމްރާންއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށެވެ.
އެއީ ޕާކިސްތާން ސަރުކާރާއި އެމެރިކާގެ ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް ގޮތުން ކުރި މުއާމަލާތްތަަކެއް ހާމަކުރި ކަމަށް ބުނާ މައްސަލައެކެވެ.
Comment