ރައީސް ސޯލިހުގެ އުމުރުފުޅާއި ސިއްހަތަށް ނަޝީދުގެ ފުރައްސާރަ

ދަ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ދަ ޑިމޮކްރެޓްސްއިން މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހިތުގެ އާލާސްކަންފުޅު ހުންނަ ބޭފުޅެއް ކަމަށާއި ކޮންމެ ދުވަހަކު ފަރުވާއަށް މުށުފުރާ ބޭސް ބޭނުން ކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އަށް ފުރައްސާރަ ކުރައްވައިފި އެވެ.

"އަޅުގަނޑު އެމްޑީޕީގެ މެންބަރުންނަށް ތަކުރާރުކޮށް ދަންނަވާލަން އޮތީ، ތިބޭފުޅުންގެ ރައީސް އަދި ތިބޭފުޅުންގެ ކެންޑިޑޭޓު ކޮންމެ ދުވަހަކު ހެނދުނު މުށެއް ފުރާ ބޭސް ފަރިއްކުޅުވަން ޖެހިވަޑައިގަންނަވާ، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ހިތުގެ އާލާސްކަންފުޅު، ތިބޭފުޅުންގެ ކެންޑިޑޭޓުގެ ސިއްހީ ހާލުކޮޅު، އެއީ ވިސްނަވަން ޖެހޭ ކަމެއް،" ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ހަރުގެ އަށް އެއްވެފައި ތިބި ޑިމޮކްރެޓުންނާއި ސަޕޯޓަރުންގެ ހުނުމާއި ހަޅޭކުގެ ތެރެއިން ދައްކަވަމުން ގެންދެވި ވާހަކައިގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހު މުސްކުޅިވެއްޖެ ކަމަށެވެ. ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ލަސްކަން ސިފަ ކުރައްވައި ނަޝީދު ވިދާޅުވީ "ދިއްދޫ މީހުން ބުނީ ޑިލޭ ސްޕްރޭ ޖަހާފައޭ" ކަމަށެވެ.

ރައީސް ސޯލިހުގެ ސިއްހީ ހަލަތާ ގުޅުވައި ފާޑުވިދާޅުވުމަށް ފަހު ނަޝީދު ވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައި ހުންނެވި ހަމައެކަނި ކެންޑިޑޭޓު، އިލްޔާސް ލަބީބަށް ތައުރީފު ކުރައްވައިފަ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިން ފެށުމުން އުމުރުގެ ތަފާތު ފެންނާނެ ކަމަށާއި ރަށްރަށަށް ވަޑައިގެން ދެތިން މިނެޓުން ދައްކަން ބޭނުންވާ ވާހަކަތައް ހަމައެކަނި ދައްކާލެވޭނެ ކެންޑިޑޭޓަކީ ވެސް އިލްޔާސް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ އުމުރުފުޅުން 61 އަހަރުގެ އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެ، އެ މަނިކުފާނުގެ ކުރީގެ މިތުރު ހަގީ ފަސް އަހަރެވެ. ނަޝީދުގެ މިހާރު އުމުރުފުޅަކީ 56 އަހަރެވެ.

އުމުރާ ގުޅުވައި ނަޝީދު ފާޑުވިދާޅުވިއިރު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހިމްގެ އުމުރުފުޅަކީ 71 އަހަރެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުއްވައިފައިވާ، ކުރީގެ ރައީސް ޔާމީނުގެ އުމުރުފުޅަކީ 64 އަހަރުފުޅެވެ.

ޒުވާން ޖީލަކަށް ވެރިކަން ހަވާލުކުރަން ތާއިދު ކުރައްވާ މޭރުމުން މިރޭ ނަޝީދު ވާހަކަ ދެއްކެވި ނަމަވެސް ޖެނުވަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ވަނީ ރައީސް ސޯލިހާ ވާދަ ކުރައްވައިފަ އެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު އެ މަނިކުފާނަށް ތާއިދު ކުރެއްވި ބައެއް ބޭފުޅުންނާއި އާންމު މެމްބަރުންނާއެކު އުފަން ކުރުވި ޕާޓީ އެކެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox