Advertisement

ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި

23 ޖުލައި 2023 - 15:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި

23 ޖުލައި 2023 - 15:21 0

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ހަދިޔާއެއް ބަލައިގަތް ކަމަށް ތުހުމަތުކޮށް ބަލަން ފެށި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފަނޑިޔާރު މަހާޒު ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެއްލެވި ގަޒައްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ގަޒިއްޔާގައި ހިމެނޭ ޚަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ ފަރީއްކުޅުވައި އެ އުފަލުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ބުނެ ހުށަހަޅާފައިވާ ޝަކުވާ އެކެވެ.

އެއީ ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަކާ ގުޅިގެންނެވެ. އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި ޖޭއެސްސީން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ވަނީ އެ މައްސަލާގައި ފަނޑިޔާރުގެ ސުލޫކީ މައްސަލަ ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ނިންމާފަ އެވެ.

މައްސަލަ ބަލާ ކަން ހާމަކޮށް ކޮމިޝަނުން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ކޮމިޝަނަށް ލިބިފައިވާ ޝަކުވާއާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުން ވެސް އޭގެ މައުލޫމާތު ސާފުކޮށްދެއްވުމަށް ތަކުރާރުކޮށް އިއުތިރާޒު ކުރެއްވި އެވެ.

"ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަދެއްވާފައި ނުވެއެވެ،" ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަނޑިޔާރު މަހާޒަށް ކުރާ ތުހުމަތުތަކާ ގުޅިގެން، ފަނޑިޔާރުން ތިއްބަވާ ސޯޝަލް މީޑިއާ ގްރޫޕަކަށް ފޮނުވި މެސެޖެއްގައި އޭނާ އިތުރަށް ވިދާޅުވެފައިވަނީ އޭނާ ސުލޫކާ ހިލާފު އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އަދި ޖޭއެސްސީގެ ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ފަނޑިޔާރު ކަމުގެ މަގާމުގައި ހުރުމަށް ނުވަތަ މަގާމު ދިފާއު ކުރުމަށް މީހެއްގެ ގާތުގައި އެދޭނެ އެދުމެއް، ކުރާނެ ކަމެއް ނޯންނާނެ،" މަހާޒު ލިޔުއްވާފައިވެ އެވެ.