22 ޖުލައި 2023 - 09:38 0
ފާތިމަތު ސާޔާ އަހުމަދު
ގުރުއާން އަންދާ މައްސަލައިގައި މުޒާހަރާ ކުރަނީ.
22 ޖުލައި 2023 - 09:38 0
ގުރުއާން އެންދުމަށް ސްވިޑަންގައި ތަކުރާާރުކޮށް ހުއްދަދެމުން ދާތީ އެ ގައުމުގެ ސަފީރަށް އިރާނަށް އެތެރެނުވެވޭނެ ކަމަށް އީރާނުން އަންގައިފި އެވެ.
ސްވިޑަންގައި ކުރިން ހުރި ސަފީރުގެ ދައުރު ހަމަވެފައިވާ އިރު، އާ ސަފީރަކު އައްޔަނުކުރަން އެގައުމުގެ ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ސުވިޑަން އިން އީރާނަށް ކަނޑައަޅާ އާ ސަފީރަކު އެގައުމަށް ނާރުވަން ނިންމުމަށް ފަހު އިރާނުގެ ފޮރިން މިނިސްޓްރީން ބުނީ އެ އީރާނުގެ ސަފީރަކު ވެސް ސްވިޑަންއަށް ނުފޮނުވާނެ ކަމަށެވެ.
ގުރުއާން އަންދާ މައްސަލައިގައި ހުކުރު ދުވަހުގެ ހަވީރު ތެހްރާންގައި ހުންނަ ސްވިޑަންގެ އެމްބަސީ ބޭރަށް މީހުން ޖަމާވެ މުޒާހަރާ ކުރި އެވެ. އެއްވި މީހުން ވަނީ ބިހާި ޓޮމާޓޯ ފަދަ ތަކެތި އެ އިމާރާތަށް އުކައިފަ އެވެ. އެ މީހުން ޑިމާންޑް ކުރީ ސްވިޑަންގެ ސަފީރު އެތެރެވުމުގެ ފުރުސަތު ނުދިނުމަށެވެ.
ހުކުރު ނަމާދަށް ފަހު ވެސް އިރާނުގެ ދިދަ ހިފައިގެން މަގުތަކުގައި ހިނގާލުމެއް ބޭއްވި އެވެ. ސްވިޑަންގެ ދިދަ އެންދުމަށް ފަހު އެ މީހުން ގޮވީ ހުޅަނގާ ދެކޮޅު ޝިއާރުތަކެވެ.
Comment