Advertisement

ދެ ކައުންސިލަރަކު ޑިމޮކްރަޓުންނާ ގުޅުމުން ތުޅާދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

19 ޖުލައި 2023 - 06:06 1

އަހުމަދު އާއިދު

އ

Advertisement

ރޭގެ ޖަލްސާގެ ތެރެއިން ތުޅާދޫ ކައުންސިލަރުން ޑިމޮކްރަޓުންނާ ގުޅެނީ - ފޮޓޯ: ޑިމޮކްރެޓްސް


ދެ ކައުންސިލަރަކު ޑިމޮކްރަޓުންނާ ގުޅުމުން ތުޅާދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

19 ޖުލައި 2023 - 06:06 1

Advertisement

Advertisement

ބ. ތުޅާދޫ ކައުންސިލްގެ އެމްޑީޕީގެ ދެ މެންބަރުން، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ޑިމޮކްރެޓްސްއާ ގުޅުމުން އެމްޑީޕީއަށް އެ ރަށު ކައުންސިލްގެ މެޖޯރިޓީ ގެއްލިއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި ތުޅާދޫ ކައުންސިލަށް ހޮނުވު އިސްމާއީލް ދާވޫދާއި އަހުމަދު އާދިލު ޑިމޮކްރެޓްސް އަށް ސޮއިކުރެެއްވީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އިފްތިތާހު ކުރުމަށް ރޭ ތުޅާދޫގައި ބޭއްވި ބައްދަލުވުމަ އެވެ. މި ބައްދަލުވުމުގައި ނަޝީދުވެސް ބައިވެރިވެވަޑައިގަތެވެ. އަލަށް ގުޅުނު ދެ ކައުންސިލަރުންނަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވާ، ތުޅާދޫއަކީ އެމަނިކުފާނުގެ ސިޔާސަތުގައި މުހިންމު ރަށެއްކަން ފާހަގަކުރައްވާފަ އެވެ.

Advertisement

ތުޅާދޫއަކީ ޒަމާނުއްސުރެ އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮތް ރަށެކެވެ. މަޖިލިސް އިންތިހާބުގައި ވެސް އެ ދާއިރާއަކީ އެމްޑީޕީގެ މެންބަރުން ޔަގީންކުރާ ދާއިރާ އެކެވެ. މިވަގުތު ތުޅާދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވީ ނަޝީދުގެ އަރިހުގައި ހުންނެވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިޔާ ގުޅިވަޑައިގެންނެވި، ހިސާން ހުސައިން އެވެ.

ނަމަވެސް، އެމްޑީޕީގެ ތެރޭގައި އުފެދުނު ދެބަސްވުންތަކާއެކު ރައީސް ސޯލިހުގެ ފަޅިއަށް ތުޅާދޫގެ މެޖޯރިޓީ ގެއްލެން ފެށި އެވެ. އެގޮތުން އެމްޑީޕީގެ ޕްރައިމަރީގައިވެސް ނަޝީދު ވަނީ ރައީސް ސޯލިހު އެ ދާއިރާއިން ބަލިކުރައްވާފަ އެވެ. ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ހިސާން އެ ރަށަށް ވަޑައިގަތުމުން ވެސް ނަޝީދުގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް، ހިސާންއާ ދެކޮޅަށް މުޒާރަހާވެސް ކޮށްފަ އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ފިނރުޓޭ

over 1 year ago

ތުޅާދޫ މީހުން ކުރިން މިލިޔަން ބުކްސޮޕް ނާޒިމް ބުނާ ގޮތް ހަދަމުން ދިޔައީ ނާޒިމް ގެ ވަރަށް އެހީތެރިކަން ދެމުން ގެންދިޔައިމަ ކަމަށް ވަނީ! މިހާރުވެސް އެމީހުން ލިޔެލާ ޖަހަމުން އެ ދުވަނީ ނުބައި މީހެއްގެ ފަހަތުގައި ކަމަށް ބެލެވެނީ! ނަސީދަކީ ވެރިކަމަށް ގެންނަން ހެޔޮވާ ވަރުގެ މީހެއް ނޫން!