19 ޖުލައި 2023 - 05:37 0
ފާތިމަތު ސާޔާ އަހުމަދު
ދެ ކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދު.
19 ޖުލައި 2023 - 05:37 0
ދެ ކޮރެއާ ގުޅޭ ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާއަށް އެތެރެވި އެމެރިކާ ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެމެރިކާ ސިފައިންގެ ތަރުޖަމާނަކު ބުނީ ހުއްދަ ހޯދުމެއް ނެތި އަމިއްލަ އިހްތިޔާރުގައި އެމެރިކާ ސިފައިންގެ މީހަކު ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާއަށް އެތެރެވި ކަމަށެވެ.
އޭނާ މި ވަގުތު ހުރީ އުތުރު ކޮރެއާގެ ބެލުމުގެ ދަށުގައި ކަމަށާއި މިކަން ހައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ތަރުޖަމާނު ބުންޏެވެ.
ސިފައިންގެ މީހާގެ ވަނަވަރު ސާފު ނުވި ނަމަވެސް އޮފިޝަލުން ބުނީ އޭނާއަކީ ސުލޫކީ މައްސަލަތަކެއް ކުރިމަތިވެފައި ހުރި މީހެއް ކަމަށެވެ.
ސީބީއެސް ނިއުސްއިން ބުނީ ސުލޫކީ މައްސަލަތަކާ ގުޅިގެން އަނބުރާ އެމެރިކާއަށް ފޮނުވާލުމުގެ މަސައްކަތް ކުރަނިކޮށް، ބޯޑަރުގެ ޓުއާ ގްރޫޕަކާ ސިއްރުން ގުޅުނު ކަމަށެވެ.
ފަތުރުވެރިއެއް ކަމަށް ހެދިގެން ބޯޑަރު ކައިރިއަށް ގޮސް، ކުއްލިއަކަށް ބޯޑަރު ހުރަސްކޮށް އޭނާ ދުވެފައި އުތުރު ކޮރެއާގެ ސަރަހައްދަށް އެތެރެވި ކަމަށްވެ އެވެ.
މި ހާދިސާ ހިނގީ ނާޒުކު ދަނޑިވަޅެއްގަ އެވެ. އެގޮތުން އެމެރިކާގެ ނިޔުކްލިއާ ބެލިސްޓިކް މިސައިލް ސަބްމެރީނެއް ދެކުނު ކޮރެއާއަށް ފޮނުވާފައިވެ އެވެ.
Comment