Advertisement

ހިޔާ ފްލެޓެއްގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

18 ޖުލައި 2023 - 10:22 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޖިންސީގޯނާ ކުރުމާ ދެކޮޅަށް މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން؛ ފުލުހުން ބުނީ ހިޔާ ފްލެޓުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަމުންދާކަމަށް -- ފޮޓޯ: އަދަދު


ހިޔާ ފްލެޓެއްގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

18 ޖުލައި 2023 - 10:22 0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުގެ އިމާރާތެއްގައި 14 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "އަދަދު"އަށް ބުނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.

ޖިންސީ ގޯނާކޮށްފައި ވަނީ ހިޔާ ފްލެޓުގެ ލިފްޓެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބެ އެވެ. މިކަން ހިނގާފައި ވަނީ ރޭ 12:00 ހާއިރު އެވެ.