18 ޖުލައި 2023 - 16:31 0
ފާތިމަތު ސާޔާ އަހުމަދު
އެމެރިކާގައި އުފައްދާފައިވާ ޖެޓެއް. -- ފޮޓޯ: އޭޕީ
18 ޖުލައި 2023 - 16:31 0
މެދުއިރުމައްޗަށް ހަނގުރާމަ މަތީ ޖެޓު ފޮނުވަނީ އިރާނަށް މެސެޖެއް ދިނުމުގެ ގޮތުން ކަމަށް އެމެރިކާއިން ބުނެފި އެވެ.
ހޯމަ ދުވަހު ޕެންޓެގަންއިން ބުނީ އެފް-35 ހިމެނޭ ގޮތަށް އިތުރު ޖެޓު ފޮނުވަަން ނިންމާފައިވާ ކަމަށެވެ. އޭގެ ބޭނުމަކީ އެމެރިކާގެ މަސްލަހަތު ހިމާޔަތްކޮށް ދަތުރުފަތުރުގެ މިނިވަންކަން ދެމެހެއްޓުން ކަމަށް ބުންޏެވެ.
މެދުއިރުމައްޗާއި ގަލްފު ކަނޑުގެ ސަރަހައްދުގައި އިރާނާއި ރަޝިއާ ގުޅިގެން ހިންގާ އަސްކަރީ ހަރަކާތްތަކާ ހެދި އެމެރިކާއިން ކަންބޮޑުވެ އެވެ.
އެފަދަ ހަރަކާތްތައް އިތުރުވާތީ އެމެރިކާއިން ދަނީ ފިޔަވަޅު އަޅަމުންނެވެ. ޕެންޓެގަންގެ ޑެޕިއުޓީ ޕްރެސް ސެކެޓްރީ ސަބްރީނާ ސިންގް ވިދާޅުވީ ހަނގުރާމަ މަތީ ޖެޓުތައް މިހާރު ދަނީ ދަތުރު ކުރަމުން ކަމަށެވެ.
"އިރާނުގެ ފަރާތުން ދެމިއޮންނަ ނުރައްކަލުގެ ސަބަބުން ޕާޓްނަރުންނާ އެކު ގުޅިގެން ކުރާ މަސައްކަތުގެ ދަށުން ހޮރްމުޒް ސްޓްރެއިޓް އާއި ވަށައިގެންވާ ހިސާބުތައް މޮނީޓާ ކުރުން އިތުރުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ފާއިތުވި ހަފުތާ ބަންދުގައި އެމެރިކާއިން ވަނީ ގައިޑެޑް މިސައިލް ޑިސްޓްރޯޔާއެއް ވެސް މެދުއިރުމައްޗަށް ފޮނުވައިފަ އެވެ. އެއީ ގަލްފް ސަރަހައްދުން ދަތުރު ކުރާ ތެޔޮ ޓޭންކަރުތައް އިރާނުން ހުއްޓުވުން އިތުރުވާތީ އެޅި ފިޔަވަޅެއް ކަމަށް ބުންޏެވެ.
Comment