Advertisement

އެލީޓް ވިސްނުމަކަށް ޖާގައެއް ނުދޭނެ، މިހުރީ ރަނގަޅު ތަނުގައި؛ ހިސާން

17 ޖުލައި 2023 - 06:25 0

އާމިނަތު ނިއުޝާ

އ

Advertisement


އެލީޓް ވިސްނުމަކަށް ޖާގައެއް ނުދޭނެ، މިހުރީ ރަނގަޅު ތަނުގައި؛ ހިސާން

17 ޖުލައި 2023 - 06:25 0

Advertisement

Advertisement

"އެލީޓް" ވިސްނުމަކަށް މިސަރުކާރުން ޖާގަ ނުދިނުމަކީ އެމްޑީޕީއާ އެކު ހުރުން ރަނގަޅުވި ސަބަބުކަމަށް މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު ކުރައްވާ ކެމްޕޭނުގެ ތެރެއިން މ. އަތޮޅު ދިއްގަރަށް ވަޑައިގެން ބޭއްވި ޖަލްސާގައި ހިސާން ވިދާޅުވީ އެމްޑީޕީ ބައިބައިވެގެން ދިޔައިރު ވަކިނުވެ ހުރުމަށް އެންމެ ބާރުދިން ސަބަބަކީ މިސަރުކާރުން "އެލީޓް ވިސްނުމަށް" ޖާގަނުދިނުން ކަމަށެވެ.

Advertisement

އެލީޓް ވިސްނުމުގެ ގޮތުގައި ހިސާން ސިފަކުރެއްވީ، ތަރައްގީގައި ކުދި ރަށްރަށާއި ބޮޑެތި ރަށްތައް ތަފާތުވާން ޖެހޭނެ ކަމަށް މީގެ ކުރިން އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަފުޅެވެ. ނަޝީދުގެ އެވާހަކަފުޅަަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

"ކުޑަރަށެއްގައި ބަނދަރު ހެދުމާއި އަތޮޅު ތެރޭގައި ރަށެއްގެ މަގުގައި ތާރު އެޅުމަކީ ބޭކާރު ކަމެއްކަމަށް ބުނާ ވިސްނުން ބޮލާލައި ޖައްސަވައިފި. އެ އެލީޓް ވިސްނުމަށް ޖާގަ ނުދެއްވާނެ ކަން ސާބިތުކޮށްދެއްވައިފި" ރައީސް ނަޝީދުގެ ވަކީލުކަން ވެސް މީގެ ކުރިން ކުރެއްވި ހިސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ތިބެގެން ބަޔަކު އިދިކޮޅުގެ ދައުރު އަދާކުރި އެވެ. އެމީހުންގެ ދެކޮޅުހެދުންތަކާ އެކު ވެސް ރައީސް ސޯލިހު ވަނީ ކުޑަރަށެއް އަދި ބޮޑުރަށެއް ތަފާތުކުރުމެއް ނެތި ތަރައްގީ ގެނެސްދީފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

ހިސާން ސިފަކުރެއްވި ގޮތުގައި އެއީ އެމްޑީޕީގެ ލީޑަޝިޕްގެ އެތައް ބޭފުޅުންނެއް އެޕާޓީ ދޫކުރައްވައި ވަޑައިގެންނެވި އިރު އެ އޮއިވަރުގައި ޖެހިވަޑައިނުގެން ޕާޓީގައި ދެމިހުންނެވި ސަބަބެވެ.

"ފަނާކުރަނިވި ނިންމުންތަކާއި ފިތުނަވެރި މާހައުލެއް ނޫންކަން، އަޅުގަނޑަށް ޔަގީން ކަށަވަރު ވަނީ އަޅުގަނޑު މިހިރީ ރައްޔިތުންގެ އުންމީދުތަކުގަ ކުލަޖައްސައިދޭނެ ތަނުގައިކަން. އަޅުގަނޑު މިހިރީ އުފާވެެރި އަމާން ރާއްޖެއެއް ރައްޔިތުންނަށް ގެނެސްދޭނެ ތަނުގަކަން" ހިސާން ވިދާޅުވި އެވެ.

ތަރައްގީގައި ކުދި ރަށްރަށާއި ބޮޑެތި ރަށްރަށް ތަފާތުވާން ޖެހޭ ކަމަށް ނަޝީދު ތަކުރާރުކޮށް އެކި ޕޯޑިއަމްތަކުގައި ވިދާޅުވި އެވެ. އަދި ތަރައްގީގައި އެ ދެބައި ހަމަހަމަ ވުމަކީ ސިޔާސީ ބޭނުމަށް ދައްކާ ހަމަނުޖެހޭ ވާހަކައެއް ކަމަށް ވެސް އެމަނިކުފާނު ސިފަކުރައްވަމުން ގެންދެވި އެވެ.

"ކުޑަ ރަށުގެ ނަރުދަމާއަށްވުރެ ބޮޑު ރަށުގެ ހައުސިން މުހިންމު"

"އަޅުގަނޑުމެން ސިޔާސީ މީހުން އެއްވެސް ރައްޔިތެއްގެ ނުރުހުން ފޯރާކަށް ބޭނުމެއް ނުވާނެ. އެހެން ނަމަވެސް ދެކޮޅު ނުޖެހޭ ވާހަކަ ވެސް އަޅުގަނޑުމެން ދައްކައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

"ކުޑަ ރަށުގެ ނަރުދަމާއަށްވުރެ ބޮޑު ރަށުގެ ހައުސިން މުހިންމު"

"އަޅުގަނޑުމެން ސިޔާސީ މީހުން އެއްވެސް ރައްޔިތެއްގެ ނުރުހުން ފޯރާކަށް ބޭނުމެއް ނުވާނެ. އެހެން ނަމަވެސް ދެކޮޅު ނުޖެހޭ ވާހަކަ ވެސް އަޅުގަނޑުމެން ދައްކައިގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ތޭރޭގައި އުފެދުނު ބައިބައިވުމާ އެކު ނަޝީދަށް ތާއީދު ކުރާ ފަޅިން ވަނީ އައު ޕާޓީއެއް އުފައްދާފަ އެވެ. މެންބަރު ހިސާން އަކީ މީގެ ކުރިން ނަޝީދާއި ގާތް ބޭފުޅެއް ނަމަވެސް ހިސާން އެމްޑީޕީ ދޫކޮށެއް ނުލައްވައެވެ.