Advertisement

ހުކުމް ނުކޮށް ލަސްކުރި ރަފީއުއްދީން ސަސްޕެންޑު ކޮށްފި

13 ޖުލައި 2023 - 13:30 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން --


ހުކުމް ނުކޮށް ލަސްކުރި ރަފީއުއްދީން ސަސްޕެންޑު ކޮށްފި

13 ޖުލައި 2023 - 13:30 1

ސ. ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ބަލަމުން ދިޔަ މައްސަލައެއްގެ ހުކުމް ނުކޮށް ދިގުލައިގެން ދިޔަ މައްސަލާގައި ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދު ސަސްޕެންޑު ކޮށްފި އެވެ.

މެޖިސްޓްރޭޓު ރަފީއުއްދީނު ސަސްޕެންޑުކޮށްފައި ވަނީ އަވަސް ނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކޮށްފައި ނުވާތީ އާއި، ހުކުމްކުރުމަށް ތާވަލުނުކޮށް އަހަރަކަށްވުރެ ގިނަ ދުވަހު އޮތުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެދިގެން މައްސަލަ އަނބުރާ ގެންގޮސްފައި ވާތީ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިގޮތަށް ނިންމާފައި ވަނީ އިއްޔެ ބޭއްވި ކޮމިޝަނުގެ 46 ވަނަ ބައްދަލުވުމުގަ އެވެ. އޭނާ ސަސްޕެންޑުކޮށްފައި ވަނީ ހަތް ދުވަހުގެ މުއްދަތަށެވެ.

ރަފީއުއްދީންގެ އިތުރު މައްސަލައެއް ވެސް ޖޭއެސްސީއިންް އަންނަނީ ބަލަމުންނެވެ. އެއީ އަވަސް ނިޔާގެ ހުކުމް ކުރަންޖެހޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ ބ. އާ ހިލާފަށް މައްސަލައިގެ ހުކުމް ކޮށްފައިނުވާ މައްސަލައެކެވެ.

މެޖިސްޓްރޭޓު ރަފީއުއްދީންް ހައިކޯޓުގެ އަމުރެއް ސަސްޕެންޑުކުރުމަށް ފަހު، ގިނަ އަދަދަކަށް ރާއްޖެއަށް ޑްރަގު އެތެރެކުރުމުގައި ބައިވެރި މީހަކު ބަންދުން ދޫކޮށްލި މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވި އެވެ.

މި މައްސަލާގައި ފްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.