Advertisement

މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

12 ޖުލައި 2023 - 11:44 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ކުރިން ބޭއްވުނު ބޯޓިން އެވޯޑްސް ހަފްލާއެއްގެ ތެރެއިން -- ފޮޓޯ: އެންބީއޭއެމް


މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

12 ޖުލައި 2023 - 11:44 0

ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހާއްސަ ކޮށްގެން ދޭ މޯލްޑިވްސް ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް 10 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ބޯޓިން އެވޯޑުގެ ވެބްސައިޓު މެދުވެރިކޮށް އެވޯޑަށް ކުރިމަތިލެވޭނެ އެވެ. އެވޯޑުތައް ދިނުމަށް ނިންމާފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

މިއަހަރުގެ ބޯޓިން އެވޯޑަށް 33 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން, ލިވަބޯޑްތަކާއި ސަފާރީތަކަށްދޭ އެވޯޑްގެ އިތުރުން މި ދާއިރާގައި މަސައްކަތްކުރާ ވަކި ވަކި ފަރާތްތަކަށް ވެސް އެވޯޑު ކަނޑައެޅިފައިވެއެވެ. މީގެ ތެރޭގައި ކެޕްޓަނުން، ރޫމް ބޯއީސް، ވެއިޓަރުންނާއި އިންޖީނިއަރުން އަދި ޝެފުންނާއި ކްރޫ މެމްބަރުންގެ އިތުރުން ކްރޫސް މެނޭޖަރުންނާއި ސޭލްސް ނުވަތަ އޮޕަރޭޝަންސް ސްޓާފުންނަށް ދޭ އެވޯޑު ވެސް ހިމެނެއެވެ.

މޯލްޑިވްސް ބޯޓިން އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2016 ވަނަ އަހަރު އެވެ.