Advertisement

މެންބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ ގައްބަރޭ މިނިވަންކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

11 ޖުލައި 2023 - 12:05 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މެންބަރު ޒަރީރު އަވަހާރަކޮށްލަން އުޅުނު ކަމުގެ ތުހުމަތު ކުރެވޭ ގައްބަރޭ މިނިވަންކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

11 ޖުލައި 2023 - 12:05 1

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ އިބްރާހިމް އަބްދުﷲ (ގައްބަރޭ) މިނިވަންކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ނުރައްކާތެރި މާރާމާރީ ހިންގުމުގެ ތާރީހެއް ވެސް އޮތް ގައްބަރޭ، (32 އ.) މިނިވަންކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ޝަރުތުތަކެއް ވެސް ކުރިމަތިކޮށްފަ އެވެ. އެ އަމުރު ހައި ކޯޓުގައި އިއްޔެ އިސްތިއުނާފުކޮށްފައިވާ ކަމަށް، ދައުލަތް ތަމްސީލްކުރާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޒަރީރަށް ހަމަލާދިނީ މެއި 1، ވަނަ ދުވަހު މާލޭގެ ކެފޭއެއްގައި އޭނާ އިންނަވަނިކޮށެވެ. ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރެކެވެ. އޭނާއަކީ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސެވެ.

މާރާމާރީ ހިންގުމާއި މަރުގެ ދައުވާތައް ވެސް މީގެ ކުރިން ގައްބަރޭގެ މައްޗަށް އޮތީ އުފުލައިފަ އެވެ. ހުކުމެއްގައި ހުރެ ބޭހަށް ފޮނުވުން އިންޑިއާގައި ފިލައިގެން ވެސް އޭނާ އުޅުނެވެ. ގައްބަރޭއަކީ އޭރު ގޭންގް ލީޑަރެއް ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

މީގެ ކުރިން 2007 ވަނަ އަހަރު، ހ. ކުބުރާ، އަލީ އިޝާރު މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި ގައްބަރޭ ވަނީ އިއުތިރާފުވެފަ އެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ.

އިޝާރު މަރާލި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ގައްބަރޭގެ މައްޗަށް ދައުލަތުން އުފުލި އެވެ. ނަމަވެސް ކުޑަކުދިންގެ ކޯޓުން ނިންމީ އޭނާގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. އެ މައްސަލައިގައި ހުކުމް ކުރީ 2010 ވަނަ އަހަރެވެ.