Advertisement

ސީރިއާގައި ތާށިވެފައި ތިބި ދިވެހި އާއިލާތައް އަންނަ މަހު ރާއްޖެ އަށް ގެންނަނީ

9 ޖުލައި 2023 - 11:45 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ސީރިއާގައި އުޅުނު ރާއްޖެ ހަނގުރާމަވެރި ނެރުނު ވީޑިއޯއެއްގެ ތަންކޮޅެއް:


ސީރިއާގައި ތާށިވެފައި ތިބި ދިވެހި އާއިލާތައް އަންނަ މަހު ރާއްޖެ އަށް ގެންނަނީ

9 ޖުލައި 2023 - 11:45 0

ދިހަ އަހަަރަށް ވުރެ ދިގުލީ އަހުލީ ހަނގުރާމައެއް ހިނގަމުންދާ ސީރިއާގައި ތާށިވެފައި ތިބި ދިވެހި އާއިލާތައް އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖެ އަށް ގެންްނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ފަށަން އެމްޑީޕީން ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް އޮގަސްޓު މަހުގެ ނިޔަލަށް ސީރިއާގައި ތިބި ދިވެހި އާއިލާތައް ރާއްޖެ ގެންނާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތަކީ އެތާ އެކަނިވެރިވެފައި ތިބި މަންމައިންނާ ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ވެސް ކުރިއަށް މިއޮތް އޮގަސްޓު މަސް ނިމެންވާއިރަށް އެއާއިލާާތައް ރާއްޖެއަށް ގެނެސްދޭނަން" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ދިޔަ 70 ދިވެއްސަކު ސީރިއާ ހަނގުރާމައިގައި މަރުވެފައިވާކަމަށެވެ. އަދި މިހާރު ވެސް 100 އަށްވުރެ ގިނަ ދިވެހިން ސީރިއާގައި އެބަ ތިބި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސީރިއާގެ ކުރުދީންގެ ކޭމްޕުގައި ތިބި ދިވެހިން އަންނަނީ އެމީހުން ރާއްޖެ އަންނަން ބޭނުންވާކަމަށް ބުނެ ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދި އާދޭސްކުރަމުންނެވެ.

ސީރިއާގައި ތިބި ދިވެހި އާއިލާތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރާއްޖެއަށް ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ.