9 ޖުލައި 2023 - 08:59 0
މިހާރު ކުރިއަށްދާ މައިލޯ ޓީ20 ކްރިކެޓް ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
9 ޖުލައި 2023 - 08:59 0
މިހާރު ކުރިއަށްދާ މައިލޯ މޯލްޑިވްސް ޓީ20 ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުން މާލެ ސްޕޯޓްސް ކްލަބާއި މިލާން ކްރިކެޓް އެކެޑަމީ އަދި މާލެ ވެޓެރަންސް މޮޅުވެއްޖެ އެވެ.
ކުޅިވަރު އެކުވެނި ކްރިކެޓް ދަނޑުގައި ހުކުރު ދުވަހު ދެ މެޗު ކުޅުނުއިރު، ހޮނިހިިރު ދުވަހު ވެސް ވަނީ މެޗެއް ކުޅެފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި މާލެ ސްޕޯޓްސް ކްލަބުން ވަނީ 113 ލަނޑުން އޮއްފު އެފްސީ ބަލިކޮށްފަ އެވެ. މިލާން ކުުޅުނު މެޗުން 31 ލަނޑުން ވިޔަންސާ ބަލިކުރިއިރު، މާލެ ސްޕޯޓްސް ކްލަބް އަތުން ހަ ވިކެޓުން މާލެ ވެޓެރަންސް ވަނީ މޮޅުވެފަ އެވެ.
ފުރަތަމަ މެޗުގައި ގުރުދިމާވުމުން އޮފްއެފްސީ ނިންމީ ހޮވުމަށެވެ. މާލޭ ސްޕޯޓްސް ކްލަބް ކުޅެންއަރައި 20 އޯވަރުތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން 185 ލަނޑު ހެދިއިރު، އެ ޓީމުގެ ތަރި، މުހަންމަދު ރިސްވާން 109 ލަނޑު އަދި ސިއުސް ފަރީދް 34 ލަނޑު ހެދި އެވެ. މި އިނިންގްސްގައި އޮއްފުގެ ތައުސީފް އާއި އޮލީއުލާ ކޮންމެ އުކުންތެރިއެއް ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި އޮފް އެފްސީން ކުޅެންއަރައި 16 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 72 ލަނޑެވެ. އެ ޓީމަށް ކުޅޭ ޒިއާއުލް ފަހީމު 24 އާއި ވަގާސް ޒާހިދު 15 ލަނޑު ހެދި އެވެ. މާލެ ސްޕޯޓްސް ކްލަބްގެ ނާއިލް އިސްމާއިލް ނަސީރު ހަތަރު އޯވަރު ތެރޭ ހަ ލަނޑަށް ހަ ވިކެޓް ނެގި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލެ ސްޕޯޓްސް އަށް ސެންޗަރީ އެއް ފުރިހަމަކުރި ރިސްވާން އެވެ.
ދެ ވަނަ މެޗުގައި ގުރުދިމާވުމުން ވިޔަންސާ އިން ނިންމީ ހޮވުމަށެވެ. އެ ގޮތުން، މިލާން ކްރިކެޓް އެކަޑަމީ ކުޅެންއަރައި، 7 ކުޅުންތެރިން ނުބައިވެގެން 157 ލަނޑު ހެދިއިރު، އެންމެ ރަގަޅަށް ކުޅުނީ 30 ބޯޅައިން 35 ލަނޑު ހެދި އަހުމަދު ހަސަން އާއި 17 ބޯޅައިން 32 ލަނޑުހެދި ތުސާރު އެވެ. މި އިނިންގްސްގައި ވިޔަންސާގެ މަހުދީ ހަސަން، ބާބުލް ހުސޭން އަދި ތަރިދު ނިލާންކަ ކޮންމެ އުކުންތެރިއެއް ދެ ވިކެޓް ނެގިއެވެ. ޖަވާބުގައި ކްލަބް ވިޔާންސާ އިން ކުޅެންއަރައި 20 އޯވަރު ހަމަވިއިރު ނުވަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 126 ލަނޑެވެ. އެ ޓީމުގެ ރޯމަން މިއާ 46 ބޯޅައިން 63 ލަނޑު ހެދިއިރު، މިލާންގެ އަހުމަދު އަމީލް 14 ލަނޑަށް ތިން ވިކެޓް އަދި އާދަމް ނާސިފު ވަނީ 24 ލަނޑަށް ދެ ވިކެޓް ނަގައިފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ ވިޔަންސާގެ ރޯމަން އެވެ.
އިއްޔެ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ކްލަބުން ނިންމީ ކުޅެން އެރުމަށެވެ. އެ ގޮތުން، ކުޅެންއަރައި ހަ ކުޅުންތެރިން ނުބައިވެގެން 20 އޯވަރުގެތެރޭގައި 123 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 27 ލަނޑުހެދި މެހެންދި ހަސަން އާއި 18 ލަނޑުހެދި މުހަންމަދު ސިޔާމް އެވެ. މި އިނިންގްސްގައި މާލެ ވެޓެރަންސްގެ ޗަންދަނާ، މުހަންމަދު އަތީފް ކޮންމެ އުކުންތެރިއެއް ދެ ވިކެޓް ނެގި އެވެ.
ޖަވާބުގައި މާލޭ ވެޓެރަންސް ކުޅެންއަރައި 17 އޯވަރުގެތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 124 ލަނޑު ހެދި އެވެ. މާލެ ވެޓެރަންސް ޓީމުގެ ކައުސަލް 47 ލަނޑު، އަސާން 26 ލަނޑު ހެދި އެވެ. މާލެ ސްޕޯޓްސްގެ މެހެންދި ހަސަން، މުހަންމަދު މަހަފޫޒު އަދި ރައްސާމް ރަސީދު ކޮންމެ އުކުންތެރިއެއް އެއް ވިކެޓް ނެގި އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސްގެ މެހެންދި ހަސަން އެވެ.
މުބާރާތުގެ މެޗެއް ދެން އޮންނާނީ އަންނަ ހުކުރު ދުވަހު ހެނދުނު އެވެ. ބައްދަލުކުރަނީ ކްލަބް ވިޔާންސާ އާއި އޮއްފު އެފްސީ އެވެ. .
Comment