Advertisement

ޑި މާރިއާ އެނބުރި ބެންފީކާ އަށް

7 ޖުލައި 2023 - 09:42 0


ޑި މާރިއާ އެނބުރި ބެންފީކާ އަށް

7 ޖުލައި 2023 - 09:42 0

ލިސްބަން (ޖުލައި 7) - ޔުވެންޓަސް އަށް ކުޅެމުންދިޔަ އާޖެންޓީނާ ވިންގާ އަންހެލް ޑިމާެރިއާ އެ ކްލަބު ދޫކޮށް، އޭނާ ކުރިން ކުޅުނު ޕޯޗުގަލްގެ ބެންފީކާއާ ގުޅިވެއްޖެއެވެ.

ޔުވެންޓަސްއާއެކު ހެދި ކޮންޓުރެކްޓް ހަމަވުމާ ގުޅިގެން، ޑިމާރިއާ ،35، އެ ކްލަބު ދޫކޮށްލިއިރު، ސައުދީ އަރަބިއްޔާ ބައެއް ކްލަބުތަކުން ޑިމާރިއާ ގެންދަން މަސައްކަތްކުރާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

އެކަމަކު، ޔުވެންޓަސްގައި އެއް ސީޒަން ހޭދަކުރުމަށް ފަހު، އޭނާ ވަނީ ކުރިން ކުޅުނު ކްލަބު ކަމަށްވާ ބެންފީކާ އަށް ބަދަލުވާން ނިންމައިފައެވެ.

"ޑިމާރިއާ ވަނީ ބެންފީކާ އަށް ސޮއިކޮށްފަ،" އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޑިމާރިއާ ކުރިން ބެންފީކާ އަށް ކުޅުނީ 2007 އިން 2010 ވަނަ އަހަރާ ހަމައަށެވެ. ބެންފީކާ ދޫކޮށް އޭނާ ބަދަލުވީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. އޭގެ ފަހުން މެންޗެސްޓާ ޔުނައިޓަޑްގައި އެއް ސީޒަން ހޭދަކުރުމަށް ފަހު، އޭނާ ބަދަލުވީ ޕީއެސްޖީ އަށެވެ. ޕީއެސްޖީގައި ޑިމާރިއާ ޖުމްލަ ހަތް ސީޒަން ހޭދަކުރި އެވެ.