Advertisement

ފުލުހުންގެ އިސްވެރިންތަކަކަށް ތުހުމަތުވާ ޖިންސީ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

5 ޖުލައި 2023 - 17:11 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ދިވެހި ފުލުހުންތަކެއް؛ އިސް އޮފިސަރުންތަކަކަށް ކުރާ ތުހުމަތުތަކެއް ފުލުހުން ވަނީ ތަހުގީގުކުރަން ފަށާފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ފުލުހުންގެ އިސްވެރިންތަކަކަށް ތުހުމަތުވާ ޖިންސީ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

5 ޖުލައި 2023 - 17:11 0

އަންހެން ފުލުހަކު، ފުލުހުންގެ އިސްވެރިންތަކަކާއެކު ޖިންސީ ގުޅުންތަކެއް ހިންގި ކަމަށް އޭނާ ރައްޓެހިވެގެން އުޅުނު މީހާ ކުރި ތުހުމަތަކާ ގުޅިގެން ފުލުހުންގެ އަމިއްލަ އިސްނެގުމުގެ މަތިން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އަންހެން ފުލުހަކަށް ގެވެށި އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

އަންހެން ފުލުސް މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ފޮރިންސިކް ޑިޕާޓްމެންޓުގެ ފުލުހަކާކަން "އަދަދު" ނޫހަށް ވަނީ އެނގިފަ އެވެ.

އެނގިފައިވާ ގޮތުގައި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ޔުނިޓުން ބަލަމުން އަންނަނީ އަންހެން ފުލުސް މީހާ ފުލުހުންގެ އިސްވެރިންތަކަކާއެކު ނޭދެވޭ ގުޅުންތަކެއް ބޭއްވި ކަމަށް ކުރާ ތުހުމަތުތަކެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އަންހެން ފުލުސްގެ ލޯބިވެރިޔާ ގެވެށި އަނިޔާކުރި ކަމަށް ބުނާ މައްސަލައިގެ ތެރެއިން ފެންމަތިވި އެ މައްސަލައާ ގުޅިގެން އަންހެން ފުލުސް މީހާގެ ފޯނު ވަނީ ބަލައި ފާސްކޮށްފަ އެވެ.

މި މައްސަލަ އޮއްބާލަން އުޅޭ ކަމުގެ ތުހުމަތު ފުލުހުންނަށް އަމާޒުވެފައިވާއިރު، އެ ވާހަކަތައް ފުލުހުންގެ އިދާރާއިން މިއަދު ވަނީ ދޮގުކޮށްފަ އެވެ.