Advertisement

އެމްޓީސީސީގެ ބާޖެއް ކުމުންދޫ ނެރު މައްޗަށް އަރައިފި

5 ޖުލައި 2023 - 13:13 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


އެމްޓީސީސީގެ ބާޖެއް ކުމުންދޫ ނެރު މައްޗަށް އަރައިފި

5 ޖުލައި 2023 - 13:13 0

ހިލަ ހިފައިގެން ހދ. ކުމުންދޫއަށް ދިޔަ އެމްޓީސީސީގ ބާޖެއް އެ ރަށު ނެރު މައްޗަށް އަރައިފި އެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި ކުމުންދޫ ނެރުމަށްޗަށް އެރި ބާޖު ފުން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އެ ރަށު ކައުންސިލް މެމްބަރު އަލީ އަންވަރު "އަދަދު" އަށް ވިދާޅުވި އެވެ.

"މޫސުން ގޯސްވީމަ ބާޖު ނެރަށް އެރީ. މިހާރު ފުން ކުރުމުގެ މަސައްކަތް ކުރަމުން ދަނީ،" އަންވަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ބާޖު ނެރުގެ އެއްފަޅީގައި އޮތުމުގެ ސަބަބުން އެހެން އުޅަނދުތަކަށް ފަޅަށް ވަދެ ނިކުތުމުގައި ދަތިނުވާ ކަމަށް ވެސް އަންވަރު ވިދާޅިވި އެވެ.

މި ބާޖަކީ ކުމުންދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި އަލަށް ހަދާ ނެރަށް ބޭނުންވާ ހިލަ ހިފައިގެން ދިޔަ ބާޖެކެވެ. އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އެ މަސައްކަތުގެ ތެރެއިން އެރަށު ވާޓަރު މަރާމާތު ކުރުމާއި އިތުރު 700 ފޫޓަށް ވާޓަރު ދަމާލުމާއި ބަނދަރު ބޮޑު ކުރުމުގެ އިތުރުން ޓީޖެޓީއެއް ގާއިމު ކުރުމާއި 290 މީޓަރުގެ ބޮޑުހިލަޖަހައި ބޭރުތޮއްޓެއް ލުމުގެ އިތުރުން 40 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓު ޖެހުމާއި އަދި 60 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.