އަޝްރަފް: 10 އަހަރުގެ ތެރޭ ކުޑަ އައްޔަ ބަލިކުރި ފުރަތަމަ ބޮޑީބޯޑަރު

10 އަހަރަށްފަހު ކުޑަ އައްޔަ ފަހަތަށް ޖައްސާލައި މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި އަޝްރަފް ހަސަން - ފޮޓޯ: އިސާމް ސާމިރު/އަދަދު ގްރެފިކްސް

10 އަހަރަށްފަހު ކުޑަ އައްޔަ ފަހަތަށް ޖައްސާލައި މުބާރާތެއްގެ ޗެމްޕިއަންކަން ހޯދި އަޝްރަފް ހަސަން - ފޮޓޯ: އިސާމް ސާމިރު/އަދަދު ގްރެފިކްސް

ދިހަ އަހަރު ވަންދެން ވާދަކުރި ކޮންމެ މުބާރާތެއްގެ ތަށި ހޯދުމަކީ ފަސޭހަކަމަށް ނުވާނެ އެވެ. އަނެއްކޮޅުން 10 އަހަރު މެދުކެނޑުމެއް ނެތި ޗެމްޕިއަންގެ ތަހުތުގައި ހުރި އެތުލީޓަކު ފަހަތަށް ޖައްސާލުމަކީވެސް އުނދަގޫ ޗެލެންޖަކަށްވާނެ އެވެ. ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު ނިމުނު ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައި މި ޗެލެންޖު އަޝްރަފް ހަސަން ވަނީ ފުރިހަމަކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ބޮޑީބޯޑިން "ރަސްގެފާނު" އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ)ގެ ކާމިޔާބީތަކަށް ހުއްޓުން ގެނައި ހަމައެކަނި އެތުލީޓުގެ ޝަރަފް ފުވައްމުލަކުގެ އަޝްރަފް ހޯދީ ވާދަވެރި އަދި ފޯރިގަދަ ފައިނަލަކަށްފަހުގަ އެވެ.

ފައިނަލްގެ ވާހަކަދެއްކުމުގެ ކުރިން މީގެ ހަތަރުވަރަކަށް އަހަރު ކުރިއަށް ޖެހިލާނަމެވެ. ޒުވާން އާ ބޮޑީބޯޑަރުން ތަރައްގީކުރުމަށް "ރާއްޖެ ބޮޑީބޯޑިން"ގެ ނަމުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ޕްރޮގްރާމްތައް އޭރު އެމްބީބީއޭ އިން ހިންގި އެވެ. އެ ޕްރޮގްރާމްގެ ތެރެއިން ފުވައްމުލަކުގައި މި ކުޅިވަރަށް ޝައުގުހުރި ކުދިން ފާހަގަކޮށް އެކުދިންނަށް ތަމްރީން ދެވުނެވެ. އެ ތަމްރީން ޕްރޮގްރާމްގައި އެދުރެއްގެ ގޮތުން އެންމެ އިސްކޮށް ހުރީ ކުޑަ އައްޔަ އެވެ. އޭރު ފުވައްމުލަކުގައި ތަމްރީން ކުރި ބޮޑީބޯޑަރުންގެ ތެރޭގައި ބުރުނުޝިކާރު ޗެލެންޖު ކާމިޔާބުކުރި އަޝްރަފްވެސް ހިމެނެ އެވެ.

Advertisement

"އަޝްރަފްގެ ކާމިޔާބީ އެންމެ ހާއްސަވާ އެއް ސަބަބަކީ، އޭނާ އައިސް އެ ބަލިކުރީ އޭނާއަށް މިކަން ދަށްކޮށްދިން އެދުރު" ބުރުނު ޝިކާރު ޗެލެންޖުގެ ފައިނަލަށްފަހު ރާއްޖޭގެ ބޮޑީބޯޑިން އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ހަސަން ރަޝީދު (ރަޝް) ބުންޏެވެ.

ހަގީގަތުގަވެސް އަޝްރަފް މި ހޯދީ އާދައިގެ ކާމިޔާބެއް ނޫނެވެ. އޭނާގެ ނަން އެންމެ ބޮޑަށް ފާހަގަވީ ބުރުނު ޝިކާރު ޗެލެންޖު ކާމިޔާބުކުރުމާއެކު އެކަންޏެއް ނޫނެވެ. މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައިވެސް އަޝްރަފް ވަނީ ތަފާތު މޮޅު ހުނަރެއް ދައްކާފަ އެވެ. އެ މުބާރާތުގެ ހަތަރު ވަނަ ބުރުގެ ހީޓެއްގައި އަޝްރަފް ވަނީ ކުޑަ އައްޔަ ބަލިކޮށްފަ އެވެ. އެ ފަހަރުގެ ތަފާތަކީ 0.43 ސްކޯއެކެވެ. ނަމަވެސް އެ މުބާރޔުގެ ސެމީ ފައިނަލުގައި އަނެއްކާވެސް ކުޑަ އައްޔައާ ވާދަކޮށް އަޝްރަފް ވަނީ ބަލިވެފަ އެވެ.

ބުރުނު ޝިކާރު ޗެލެންޖުގެ ފައިނަލް ހީޓުގައި އަޝްރަފް ރާޅާ އަޅަނީ - ފޮޓޮ: މުހައްމަދު ޝާބިން/އަދަދު
ބުރުނު ޝިކާރު ޗެލެންޖުގެ ފައިނަލް ހީޓުގައި އަޝްރަފް ރާޅާ އަޅަނީ - ފޮޓޮ: މުހައްމަދު ޝާބިން/އަދަދު

ބުރުނު ޝިކާރު ޗެލެންޖުގެ ފައިނަލް ހީޓުގައި އަޝްރަފް ރާޅާ އަޅަނީ - ފޮޓޮ: މުހައްމަދު ޝާބިން/އަދަދު

އެ މުބާރާތުގައި އަޝްރަފް ހުރި ރަނގަޅު ފޯމެއްގަ އެވެ. ނަމަވެސް ސެމީގައި ކުޑަ އައްޔަ އަތުން ބަލިވެ ލިބުނު މާޔޫސްކަމާއިއެކު އޭނާ ރަށަށް އެނބުރިގޮސް އިތުރަށް ޕްރެކްޓިސް ކުރި އެވެ. މިފަހަރުގެ ބުރުނު ޝިކާރު ޗެލެންޖަށް އޭނާ އައީ މުބާރާތުގެ ތަށި ނޫން އެހެން އެއްޗަކުން ފުއްދާނުލަން އަޒުމް ކަނޑައަޅައިގެންނެވެ.

ފައިނަލާ ހަމައަށް އަޝްރަފް ދިޔައީ ރަނގަޅު ފޯމެއްގައި ހުރެ އެވެ. ސެމީ ފައިނަލުގައިވެސް ވާދަވެރި ހީޓަކަށްފަހު އޭނާ ފައިނަލުން ޖާގަ ހޯދި އެވެ. ފައިނަލް ހީޓުގެ ފެށި ގޮތަށް އަޝްރަފް ރަނގަޅު ލީޑެއް ނެގި އެވެ. ހަތަރު ބޮޑީބޯޑަރުން ވާދަކުރި ހީޓަކަށްވުމާއިއެކު އަޅަން ލިބޭނީ މަދު ރާޅުތަކެއްގައިކަން އެނގި އޭނާ ހުރީ ރަނގަޅު ރާޅަށް ތައްޔާރުވެގެންނެވެ. ހީޓުގެ ފަހުކޮޅަށް ދިޔައިރުވެސް ރަނގަޅު ލީޑެއް އޮތެވެ. ފަހު މިނެޓުގައި ކުޑަ އައްޔަ ރަނގަޅު ރާޅެއް ދުއްވާލި އެވެ. ނަމަވެސް އޭރު އައްޔައަށް އަޝްރަފް ބަލިކުރަން 8.67ގެ ސްކޯއެއް ބޭނުންވެ އެވެ. ވަގުތު ހަމަވިއިރު ކުޑަ އައްޔަ ދުއްވާލި ރާޅުގެ ސްކޯ ނުލިބެ އެވެ. ބޯޑަރުން އެއްގަމަށް އަރައި އިންތިޒާރުގައި ތިބީ އެ ނަތީޖާއަށެވެ.

"އަލީ ހުޝްރުވާން އަހުމަދުގެ ފަހު ރާޅަށް ލިބުނީ 8.00ގެ ސްކޯއެއް. މި ނަތީޖާއިން 0.66ގެ ފަރަގަކާއިއެކު ޗެމްޕިއަންކަން ހޯދީ އަޝްރަފް ހަސަން" އެމްސީ ނިޒާމް މިހެން އިއުލާންކޮށްލުމާއިއެކު އަޝްރަފް ދޫކޮށްލީ ހަމަޖެހުމުގެ ނޭވާއެކެވެ. އުފާވެރިކަމުގެ ނޭވާއެކެވެ. އޭނާގެ ހުވަފެން ހަގީގަތަކަށްވީ އެވެ.

އެ ވަގުތު އަޝްރަފް އަށް އެންމެ ފުރަތަމަ މަރުހަބާ ކީ މީހުންގެ ތެރޭގައި ކުޑަ އައްޔަ ހިމެނެ އެވެ. ޗެމްޕިއަންކަން ހޯދުމަށްފަހު އަޝްރަފް ޝުކުރު އަދާކުރި މީހުންގެ ލިސްޓުގެ ކުރީގައިވެސް އޮތީ އޭނާގެ މުދައްރިސް ކުޑަ އައްޔަގެ ނަމެވެ.

ބުރުނު ޝިކާރު ޗެލެންޖުގެ ފައިނަލަށްފަހު ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދީ އަޝްރަފް އަށް މަރުހަބާ ކިޔަނީ - ފޮޓޮ: މުހައްމަދު ޝާބިން/އަދަދު
ބުރުނު ޝިކާރު ޗެލެންޖުގެ ފައިނަލަށްފަހު ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދީ އަޝްރަފް އަށް މަރުހަބާ ކިޔަނީ - ފޮޓޮ: މުހައްމަދު ޝާބިން/އަދަދު

ބުރުނު ޝިކާރު ޗެލެންޖުގެ ފައިނަލަށްފަހު ކުޑަ އައްޔަ ޗެމްޕިއަންކަން ހޯދީ އަޝްރަފް އަށް މަރުހަބާ ކިޔަނީ - ފޮޓޮ: މުހައްމަދު ޝާބިން/އަދަދު

"އައްޔަ އަށް ވެސް ވަރަށް ބޮޑަށް، ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން. އައްޔަ މިކަން އަސްލު ކޮށްދިނީ. އައްޔަގެ ދަރިވަރެއް އަޅުގަނޑަކީ، އަދިވެސް ހުންނާނީ ހަމަ އައްޔަގެ ދަރިވަރެއްގެ ގޮތުގައި. ފުވައްމުލަކު ސާފިން އެސޯސިއޭޝަނަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން. އަދި ދެން ވެސް އެހީވި ބޭފުޅުންނަަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން." ޗެމްޕިއަންކަން ހޯދުމަށްފަހު މީޑިއާއަށް ދިން އިންޓަވިއުގައި އަޝްރަފް ބުންޏެވެ.

ކުޑަ އައްޔަ އަތުން އަޝްރަފް މޮޅުވުމަކީ ހަގީގަތުގައިވެސް ފާހަގަކޮށްލަން ޖެހޭ ކާމިޔާބެކެވެ. އެވަރުގެ ހިތްހެޔޮ އެންމެނާ ގުޅޭ ޗެމްޕިއަނެއް ބަލިކުރެވޭނީ ބުރަ މަސައްކަތަކުންނެވެ. އަޝްރަފް ބުނާ ގޮތުން މިއީ ކުރިއަށް ހުރި މުބާރާތްތަކަށް އޭނާއަށް ލިބުނު ބޮޑު ހިތްވަރެކެވެ.

އަޝްރަފްގެ މި ކާމިޔާބާއިއެކު ރާއްޖޭގެ ޒުވާން އެހެން އެތުލީޓުންނަށްވެސް މި ދެވުނީ ވަރުގަދަ މެސެޖެކެވެ. ހިތްވަރާއިއެކު ވަރުގަދަ އަޒުމެއްގައި މަސައްކަތްކޮށްފި ނަމަ ކާމިޔާބު ހޯދޭނެކަމެވެ. ކުޑަ އައްޔައާ ދެކޮޅަށް ވާދަކުރަން ޖެހުނީމަ "ބިރު" ގަންނަ އެތުލީޓުންނަށް މިހާރު އެ ބިރު ފަހަނައަޅާ ދާން މިއޮތީ ހިތްވަރު ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox