Advertisement

ބަންދު ހަފުތާ ނިމެންދެން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް ހުއްޓާލައިފި

25 ޖޫން 2023 - 11:12 0

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ: ޓްރާންސްޕޯޓުން ބުނަނީ ހިދުމަތްތައް ބަންދުކޮށް، އަށް ދުވަސް ވަންދެން


ބަންދު ހަފުތާ ނިމެންދެން ޓްރާންސްޕޯޓް މިނިސްޓްރީގެ އޮންލައިން ހިދުމަތްތައް ހުއްޓާލައިފި

25 ޖޫން 2023 - 11:12 0

ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ އޮންލައިން ހިދުމަތްތައް މި ހަފުތާ އެއްކޮށް ނުލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ގެޒެޓު ކުރި އިއުލާނެއްގައި ބުނީ އީދު ބަންދު ހަފުތާއަށް އޮންލައިންކޮށް އެ މިނިސްޓްރީން ދެމުން ދިޔަ ހިދުމަތްތައް މެދުކަނޑާލީ "މެއިންޓެނެންސްގެ މަސައްކަތެއް" ކުރަން ކަމަށެވެ.

އެ މިނިސްޓްރީން ދޭ އޮންލައިން ހިދުމަތްތައް އަލުން ދޭން ފަށާނީ އީދު ބަންދު ނިމިގެން އަންނަ އާދީއްތަ ދުވަހު ސަރުކާރު ހުޅުވާއިރު ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.

ބައެއް ހިދުމަތްތަކާއި ހުއްދަތަކަށް އެދުމުގެ އިތުރުން ވެހިކަލާއި އެހެނިހެން ކަންކަމާ ގުޅޭ ފީ ބަލައިގަތުމުގެ ހިދުމަތް ޓްރާންސްޕޯޓް މިނިސްޓްރީން އޮންލައިންކޮށް ދެ އެވެ.

އެ ހުރިހާ ހިދުމަތްތަކެއް ހުއްޓާލައި، އަށް ދުވަސްވަންދެން އޮންލައިން ސިސްޓަމުގެ ކުރަންޖެހެނީ ކޮން މަސައްކަތެއް ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީން ނުބުނެ އެވެ.