Advertisement

އިންޑިއާ މެޗު ވާނީ ނޭޕާލަށް ފައިނަލަކަށް

24 ޖޫން 2023 - 08:03 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ނޭޕާލްގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ: އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު ހާއްސަވާނެ ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އިންޑިއާ މެޗު ވާނީ ނޭޕާލަށް ފައިނަލަކަށް

24 ޖޫން 2023 - 08:03 0

ބެންގަލޫރު، އިންޑިއާ

ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް 2023 ގައި މިރޭ އިންޑިއާއާ ދެކޮޅަށް ނޭޕާލުން ކުޅޭ މެޗު ވެގެންދާނީ ފައިނަލަކަށް ކަމަށް ނޭޕާލުގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ އަނެސޭ ބުނެފި އެވެ.

ގްރޫޕް އޭގައި ނޭޕާލުން ކުޅުނު ފުރަތަމަ މެޗުގައި ކުވެއިތު އަތުން ވަނީ 3-1 އިން ބަލިވެފަ އެވެ. އިންޑިއާ އިން ފުރަތަމަ މެޗުގައި ޕާކިސްތާން ބަލިކުރީ 4-0 އިންނެވެ. މި ގްރޫޕްގެ ދެ ވަނަ މެޗުތައް މިއަދު ކުޅެވިގެންދާއިރު، ރާއްޖެ ގަޑިން ތިނެއް ޖަހާއިރު، ޕާކިސްތާނާއި ކުވެއިތު ބައްދަލުކުރާނެ އެވެ. އިންޑިއާ އާއި ނޭޕާލް ކުޅޭ މެޗު އޮތީ މިރޭ ހަތެއް ޖަހާއިރު އެވެ.

މިދިޔަ މާޗް މަހު ނޭޕާލް ކޯޗުކަމާ ހަވާލުވި ވިންޗެންޒޯ އަކީ ތިން އަހަރެއްހާ ދުވަހު އިންޑިއާގައި މަސައްކަތް ކުރި ކޯޗެކެވެ. އެ ގޮތުން އޭނާ ވަނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން، ގޯކުލަމް ކެރަލާ އަށް ދެ ފަހަރު ހޯދައިދީ އެ ޓީމު ގޮވައިގެން އޭއެފްސީ ކަޕްގައި ވާދަކޮށްފަ އެވެ. ނޭޕާލާ ހަވާލުވުމުގެ ކުރިން ވިންޗެންޒޯ ވަނީ އިންޑިއަން ސުޕަ ލީގުގެ ނޯތުއީސްޓް ޔުނައިޓެޑަށް ކޯޗުކޮށްދީފަ އެވެ.

"ދެން އޮތް މެޗަކީ ފައިނަލެއް. އިންޑިއާ އާއި ނޭޕާލް މެޗަކީ އަބަދުވެސް ވަރަށް ބޮޑު ފޯރިގަދަ މެޗެއް. ދެން މި މެޗު ހާއްސަވާނެ ސަބަބެއް އެއީ އަހަރެން އިންޑިއާގައި މަސައްކަތް ކޮށް އެ ޓީމުގެ ކޮންމެ ކުޅުންތެރިއަކު ކަހަލަ ގޮތަކަށް އެނގޭތީ،" ވިންޗެންޒޯ ބުންޏެވެ.

އެންމެ ފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިއާ އިން ވަނީ ފައިނަލުގައި ނޭޕާލް ބަލިކޮށްފަ އެވެ. އެއީ ނޭޕާލުން ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެެވެ.

މި ފަހަރުގެ މުބާރާތުގައި ނޭޕާލުން ކުޅެމުން އަންނަނީ ނިސްބަތުން ޒުވާން ކުޅުންތެރިން ގިނަ ސްކޮޑަކާ އެކު އެވެ. ވިންޗެންޒޯ ބުނީ ވަކި ޓާގެޓެއް ކަނޑަނާޅައި މި މުބާރާތް ކުޅޭ މައިގަނޑު ސަބަބަކީ ކުޅެލަން މި ލިބޭ ވަރުގަދަ މެޗުތަކުގެ ބޭނުންހިފައިގެން، ކުރިއަށްދެވޭނެ މަގެއް ޒުވާން ޖީލަކަށް ހޯދައިދިނުމަށެވެ.

"19، 20 ދެން 21 އަހަރުގެ ކުޅުންތެރިން މި ތިބީ، އަހަރެމެން މި ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދީގެން ފުޓްބޯޅައިގައި ކުރިއަށްދެވޭނެކަން ދައްކައިދޭން ޖެހޭ ނޫނީ މީގެ މި ތިބި މޮޅު ކުޅުންތެރިން ވެސް ފުޓްބޯޅަ ދޫކޮށްލާފައި އެހެން ދިމާލަކަށް ގޮސްފާނެ،" ވިންޗެންޒޯ ބުންޏެވެ.

ނޭޕާލުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އިންޑިއާގެ މައްޗަށް ކުރިހޯދީ ދެ ފަހަރު އެވެ. އެއީ 1993 ވަނަ އަހަރާއި 2013 ވަނަ އަހަރު އެވެ.