Advertisement

ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި، ފުރަތަމަ ފްލައިޓަށް ހޫނު މަރުހަބާއެއް

23 ޖޫން 2023 - 16:07 0

މެލޭޝިއާގެ ބަޓިކްއެއާގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ފަހު އެފްލައިޓްގެ ކްރޫ އަދި އެއާޕޯޓް އޮފިޝަލުން ފޮޓޯއަކަށްހުއްޓެނީ. ފޮޓޯ:އެމްއޭސީއެލް


ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައިފި، ފުރަތަމަ ފްލައިޓަށް ހޫނު މަރުހަބާއެއް

23 ޖޫން 2023 - 16:07 0

މެލެޝިއާގެ ބަޓިކް އެއާއިން ރާއްޖެއަށް ދަތުރުތައް ފަށައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ފުރަތަމަ ފްލައިޓް ޖައްސައިފި އެވެ.

ވީއައިއޭ މެނޭޖްކުރާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި ބަޓިކް އެއާގެ ފުރަތަމަ ފްލައިޓް ރާއްޖެއަށް އައީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުންނެވެ. އެ ފްލައިޓް ވީއައިއޭއަށް ޖެއްސުމުން ވޯޓާ ސެލިއުޓެއް ދިނެވެ.

ބަޓިކްއެއާގެ ފުރަތަމަ ފްލައިޓުން ދަތުރުކުރި މީހުންނަށް ހޫނުމަރުހަބާއެއް ކިއުމުގެ ގޮތުން އެމްއޭސީލުން ހާއްސަ ހަފްލާއެއް ވެސް ބޭއްވި އެވެ.

ބަޓިކް އެއާ އަކީ މިހާރު ވެސް އެކި ގައުމުތަކުން 52 މަންޒިލަކަށް ދަތުރުކުރާ އެއާލައިނެކެވެ.

ކުއަލަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ އެއްކޮޅު ދަތުރުގެ އަގެއްގެ ގޮތުގައި އެ އެއާލައިނުން ކަނޑައަޅާފައި ވަނީ 699 ރިންގިޓު ނުވަތަ ގާތްގަނޑަކަށް 2،500ރ. އެވެ.

މި ދަތުރުތައް ކުރުމުގައި ބަޓިކް އެއާއިން ބޭނުން ކުރާނީ އެމެރިކާގެ ބޮއިން ކުންފުނިން އުފައްދާ 737މެކްސް މަރުކާގެ ބޯޓެވެ. އެއީ 180 ފަސިންޖަރުން އުފުލޭނެ ބޯޓެކެވެ.

މާލެ އާއި ކުއަލަލަމްޕޫރާ ދެމެދު ކުރާ ޑައިރެކްޓު ދަތުރުގެ އިތުރުން ސްރީލަންކާގެ ކޮލޮމްބޯގައި ޓްރާންސިޓު ކުރުމަށް ފަހު ރާއްޖެ އަންނަ ދަތުރެއް ވެސް އެ އެއާލައިނުން ބާއްވާނެ އެވެ. މި ރޫޓޫގައި ކޮންމެ ދުވަހަކު ވެސް އެ އެއާލައިނުން ދަތުރު ކުރާނެ އެވެ.

ބަޓިކް އެއާގެ އިތުރުން ސައުދީގެ ބަޖެޓު އެއާލައިނަކުން ވެސް ރާއްޖެއަށް ދަތުރުތައް ފަށަން ވަނީ ނިންމާފަ އެވެ. މެލޭޝިއާ އަދި މެދުއިރުމައްޗަކީ ދިވެހިންގ މެދުގައި ދަތުރު ކުރުމަށް އެންމެ މަގުބޫލު މަންޒިލްތަކެވެ.