Advertisement

ބޫޓާން ފުޓްބޯޅަ ކުރިއަރާތަން ފެންނާތީ ކޯޗު ހިތްހަމަޖެހިފައި

23 ޖޫން 2023 - 11:07 0

ބެންގަލޫރު، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ޫނޫސްވެރިން ބައްދަލުވުމުގެ ތެރެއިން ބޫޓާންގެ ކޯޗު ޕެމާ ދޯޖީ ވާހަކަ ދައްކަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބޫޓާން ފުޓްބޯޅަ ކުރިއަރާތަން ފެންނާތީ ކޯޗު ހިތްހަމަޖެހިފައި

23 ޖޫން 2023 - 11:07 0

ބެންގަލޫރު، އިންޑިއާ

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ ރާއްޖެ އަތުން 2-0 އިން ބަލިވި ނަމަވެސް ބޫޓާނުން މި މެޗުގައި ދެއްކި ކުޅުމާ އެކު، އެ ޓީމު ކުރިއަރަމުން އަންނަ މިންވަރު ވަޒަންކުރޭވޭ ކަމަށް ބޫޓާންގެ ކޯޗު ޕެމާ ދޯޖީ ބުނެފި އެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްތޭޑިއަމްގައި ރޭ ބޫޓާން އަތުން ރާއްޖެ މޮޅުވި މެޗުގެ ފަސް ވަނަ މިނިޓްގައި ހަމްޒާ މުހައްމަދު (ހަމްޕު)ގެ ޕެނަލްޓީން ރާއްޖޭން ލީޑުނެގިއިރު، ރާއްޖޭން ދެ ވަނަ ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ނާއިޒު ހަސަން (ދާދު) އެވެ. ރާއްޖޭން މި މެޗުގެ ބޮޑުބައި ޕްރެޝަރުގައި ކުޅެން ޖެހުނުއިރު، ބޫޓާނުން ވަނީ ރަނގަޅު ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ރޭގެ މެޗުގައި ކުޅުނު ބޫޓާން ޓީމުގައި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ ބަލިކުރި ބޫޓާންގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނުނު ކުޅުންތެރިން ކުުޅުނެވެ. ރޭގެ މެޗަށް ފަހު ބޫޓާންގެ ކޯޗު ޕެމާ ބުނީ ބޫޓާންގައި މިހާރު އޮތް ސްކޮޑަކީ އެއްކޮށް އެކަޑަމީއެއްގެ ތެރެއިން ޓްރެއިނިން ފުރިހަމަކޮށްގެން އައި ކުޅުންތެރިންތަކެއް ކަމަށެވެ.

ރޭގެ މެޗަށް ރާއްޖެއާ ދެކޮޅަށް ކުޅެން ނުކުތް ބޫޓާން ޓީމުގެ ފުރަތަމަ އެގާރަ ކުޅުންތެރިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބޫޓާނަށް ރޭ ރާއްޖޭގެ މައްޗަށް ކުރި ނުހޯދުނީ ނަސީބުގެ އެހީ ވެސް ނެތުމުން ކަމަށް ދޯޖީ ބުނެފައިވެ އެވެ.

"މިހާރު ބޫޓާންގައި އެ ތިބި ކުޅުންތެރިން އެކެޑަމީން ފަށައި، 19 އަހަރުން ދަށުގެ ލެވަަލަށް ދިޔައީމަ ދެން ކްލަބްތަކަށް ދިޔައީ، ހަގީގަތުގައި މިއީ މިކަން ވާން ޖެހޭނެ ގޮތަކީ. މިހާރު އެ ކުުޅުންތެރިން އެކުގައި ޓީމެއް ގޮތުގައި އެ ކުޅެލަނީ ހަގީގަތުގައި އެއްކޮށް ޓްރެއިނިން ގެންގޮސްފައި ހުރީމަ. އަހަރެން ވަރަށް ހިތްހަމަޖެހޭ، މި ފެންނަ ކަަންކަމަށް ބަލާއިރު، މި ޓީމު ކުރިއަރައިގެންދާއިރު ބޫޓާން ފުޓްބޯޅަ ބަދަލުވެގެންދާނެ،" ދޯޖީ ބުންޏެވެ.

ދޯޖީ ބުނީ ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު ޑޮމިނޭޓްކުރީ ބޫޓާނުން ކަމަށެވެ. އެޓޭކަށް ބެލިޔަސް ޑިފެންސަށް ބެލިޔަސް ބޫޓާނުން ރަނގަޅަށް ކުޅުނުކަން މެޗުގެ ސްޓެޓިސްޓިކްސް އިން ފެންނާނެ ކަމަށް ދޯޖީ ވަނީ ބުނެފަ އެވެ.

ރާއްޖެއާ އެކު ދެއްކުނު ކުޅުމަށް ވުރެ، ބޫޓާނުން ދެން އޮތް ދެ މެޗު ކަމަށްވާ ލެބަނަން އާއި ބަންގްލަދޭޝާ އެކު ދެ ގުނަ އަށް މަސައްކަތް ކުރާނެ ކަމަށް ދޯޖީގެ ވާހަކައިގައި ފާހަގަކޮށްފައިވެ އެވެ.

"ވަރަށް އުނދަގޫ ދެ މެޗު ދެން މި އޮތީ، އަހަރެމެންގެ ހިތްވަރަށް ބަދަލެއް ނާންނާނެ. ފަހު ވަގުތާ ހަމައަށް ފައިޓް ކުރާނަން،" ދޯޖީ ބުންޏެވެ.

ރާއްޖެއާ ދެކޮޅަށް މެޗުގެ ފަހު 20 ވަރަކަށް މިނިޓަށް ކުޅެން އެރި ބޫޓާންގެ ތަރި ޗެންޗޯ ގެޔެސްޓެން ކުރިއަށް ހުރި މެޗުތަކުގައި ގިނަ ވަގުތު ބޭނުންކުރާނެ ކަމަށް ދޯޖީ ވަނީ ބުނެފަ އެވެ. ރޭގެ މެޗުގައި ޗެންޗޯ ފަހުން ކުޅެން ނެރުނީ އަނިޔާއިން އެއްކޮށް ރަނގަޅުނުވާތީ އޭނާ ވެސް އެ ގޮތަށް އެދުމުންނެވެ.