Advertisement

އިންޑިއާގެ ސަހާލް އަށް ސައުދީ ލީގުން އޮފާއެއް؟

11 ޖުލައި 2023 - 10:25 0

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ލެބަނަން ދެ ކުޅުންތެރިން ކައިރިން އިންޑިއާގެ ސަހާލް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


އިންޑިއާގެ ސަހާލް އަށް ސައުދީ ލީގުން އޮފާއެއް؟

11 ޖުލައި 2023 - 10:25 0

ނިއު ދިއްލީ، އިންޑިއާ (ޖުލައި 11) - އިންޑިއާ ގައުމީ ޓީމުގެ އެޓޭކިން މިޑްފީލްޑަރު، ސަހާލް އަބްދުލް ސަމަދު އަށް ސައުދީ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު) ކްލަބަކުން ހުށަހެޅުން ލިބިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ސަހާލް، 26، އަކީ އިންޑިއާ އިން މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ އެ ގައުމުގައި ކުޅުނު ދެ އިންޓަނޭޝަނަލް މުބާރާތް ކަމަށްވާ އިންޓަކޮންޓިނެންޓަލް ކަޕާއި ސާފް ބަންގުބަންދު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ގިނަ މެޗުތަކުގައި ސަހާލް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.

އިންޑިއަން ސުޕަ ލީގުގެ ކެރަލާ ބްލާސްޓާސް ޓީމަށް ކުޅެމުން އަންނަ ސަހާލް ހޯދަން އެ ލީގުގެ މޯހަން ބަގާން އާއި ބެންގަލޫރުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު، ސަހާލް އަށް ސައުދީ ޕްރޮފެޝަނަލް ލީގުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ނިމިދިޔަ ދެ އިންޓަނޭޝަނަލް މުބާރާތުގައި ސަހާލްގެ ކުޅުން ސައުދީ ލީގުގެ ބައެއް ކްލަބްތަކުން މޮނިޓާ ކުރި ކަމަށް ވެސް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ސަހާލް، އިންޑިއާގެ މީޑިއާ އަށް އިންޓަވިއުދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މުސްލިމް އާއިލާ އަކަށް އުފަން ސަހާލް އުޅެ ބޮޑުވީ ސައުދީ އަރަބިއްޔާގަ އެވެ. ސައުދީ އަރަބިއްޔާ އަށް ދިއުމުގެ ކުރިން ސަހާލްގެ އާއިލާ ވަނީ ޔޫއޭއީގައި ވެސް ދިރިއުޅެފަ އެވެ. އެ ގޮތުން ސަހާލް ވަނީ ސައުދީގެ ގަދަބާރު އަލް އިއްތިހާދު އެކެޑަމީގައި ޓްރެއިންވެފަ އެވެ. ކިޔެވުން ސައުދީގައި ކުރިއަށް ގެންދިޔައިރު، ސަހާލްގެ ފުޓްބޯޅަ ޓްރެއިނިން ވެސް ދިޔައީ ރަނގަޅަށެވެ. ކިޔެވުން ނިންމާލުމަށް ފަހު، ސަހާލް އެނބުރި އިންޑިއާ އަށް އައިސް ކެރަލާގައި އެކި ލެވަލްގެ މުބާރާތްތަކުގައި މޮޅަށް ކުޅެން ފެށުމުން 2017 ވަނަ އަހަރު ކެރަލާ ބްލާސްޓާސް ޓީމުން ފުރުސަތު ލިބުނެވެ. މިދިޔަ އަހަރުތަކުގައި ސަހާލް އަކީ އެ ޓީމުގައި އެންމެ ބޮޑު ކުރިއެެރުމެއް ހޯދި ކުޅުންތެރިޔާ އެވެ.

ސަހާލް އަށް ކެރަލާ ޓީމުން ފުރުސަތު ދިނީ އެ ޓީމުގެ ކޯޗަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗިން ސްޓާފް ރެނޭ މުލެންސްޓީން ހުރިއިރު އެވެ. އޭރު ސަހާލްއާ އެކު، ކެރަލާ ޓީމަށް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޑިމިޓާ ބާބަޓޯވް ވެސް ކުޅުނެވެ.

އިންޑިއާ ގައުމީ ޓީމުން 2019 ވަނަ އަހަރުން ފެށިގެން ސަހާލް އަންނަނީ ގަވާއިދުން ޖާގަ ދަަމަހައްޓަމުންނެވެ.