Advertisement

ފީފާ ފޯވާޑް އިން ބޫޓާން އަށް ސިލްވާ އެވޯޑެއް

18 ޖޫން 2025 - 06:59 0

ބޫޓާން ކުޅުންތެރިން، 2023 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


ފީފާ ފޯވާޑް އިން ބޫޓާން އަށް ސިލްވާ އެވޯޑެއް

18 ޖޫން 2025 - 06:59 0

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 18) - ފީފާ އިން ގައުމުތަކުގެ ފުޓްބޯޅަ އަށް އެހީތެރިވުމުގެ ގޮތުން ފެށި ފީފާ ފޯވާޑް ޕްރޮގްރާމުން މުޅިން އަލަށް ދޭން ފެށި ފީފާ ފޯވާޑް އެވޯޑްސް އިން ދެކުނު އޭޝިއާގެ ބޫޓާން ފުޓްބޯޅަ ފެޑެރޭޝަން އަށް ސިލްވާ އެވޯޑް ލިބިއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށިގެންދިޔަ، ފީފާ ފޯވާޑް އެވޯޑްގައި، ފާހަަގަކުރަނީ، ފީފާ ފޯވާޑް ޕްރޮގްރާމުން އެހީ ލިބި އެންމެ ރަނގަޅަށް ޕްރޮޖެކްޓްތައް ނިންމާ ގައުމުތަކުގެ މަސައްކަތެވެ.

އެ ގޮތުން، ބޫޓާނުން ވަނީ، ފީފާ ފޯވާޑުން ލިބުނު ފަންޑް ބޭނުންކޮށްގެން، އެ ގައުމުގައި ހަތަރު އާޓިފިޝަލް ޓާފް ދަނޑު އަޅައިފަ އެވެ.


މި ޓާފް ދަނޑުތަކާ އެކު، ބޫޓާން ފުޓްބޯޅަ އަށް އިތުރު ފެސިލިޓީތަކެއް ލިބިގެންދިޔައީ އެވެ. އަދި، ގްރާސްރޫޓުން ފެށިގެން، ސީނިއާ ފުޓްބޯޅައާ ހަމައަށް ގިނަ ވަގުތު ޓްރެއިނިންތައް ގެންދެވޭނެ ގޮތްތަކެއް މަގުފަހިވީ އެވެ.

ފީފާ ފޯވާޑް އެވޯޑްސް އަށް 12 އެޕްލިކޭޝަން ލިބިގެންދިޔައިރު، އެވޯޑް ހާސިލްކުރީ އެންމެ ފަސް ގައުމަކުންނެވެ. އެ ފަސް ގައުމަށް އެވޯޑް ދޭން ނިންމީ، ފީފާ ފޯވާޑްގެ އެހީގައި ގާއިމްކުރި ފެސިލިޓީތަކުގެ ސަބަބުން އެ ގައުމުގެ ފުޓްބޯޅަ އަށް އަންނާނެ ބަދަލާ ބެހޭ ރަނގަޅު ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވާތީ އެވެ.

ބޫޓާނާ އެކު، ސިލްވާ އެވޯޑް ލިބިގެންދިޔައީ، ބަހްރޭން ފުޓްބޯލް އެސޯސިއޭޝަން އާއި އުޒްބެކިސްތާން ފުޓްބޯލް އެސޯސިއޭޝަން އަށެވެ. ގޯލްޑް އެވޯޑް ހޯދާފައިވަނީ، އިންޑޮނޭޝިއާ އާއި ތައިލެންޑް އަދި ކިރްގިސްތާނުންނެވެ.