Advertisement

ސިފައިންނަށް ފްލެޓް އިތުރުކޮށް, ކަޅުތުއްކަލާ ކޮށީގެ ޖާގައިތުރުކުރަނީ

20 ޖޫން 2023 - 23:59 0

ސިފައިގެން އަހަރީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް


ސިފައިންނަށް ފްލެޓް އިތުރުކޮށް, ކަޅުތުއްކަލާ ކޮށީގެ ޖާގައިތުރުކުރަނީ

20 ޖޫން 2023 - 23:59 0

ިފައިންނަށް ހާއްސަކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި އާ ފްލެޓް އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް ރައިސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަހަރީ ޖަލްސާގައި ރައީސް ވިދާޅުވީ ސިފައިންގެ ވެލްފެއާގެ ކަންތައްތައް ހަރުދަނާކުރަން ސަރުކާރުން ގިނަ މަަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ސިފައިންގެ ބޯހިޔާވަހި ކަމަށް އިސްކަންދޭ ކަަމަށެވެ. ސިފައިންގެ ކޯޕަރޭޓިވް، ސިފްކޯ އިން ހުޅުމާލޭގައި ފަށައި، ހުއްޓިފައިވާ ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ފްލެޓްތަކުގެ މަސައްކަތް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަކުރެއްވި އެވެ.

"ހިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށްޓަކައި، ހުޅުމާލޭ ފޭސް 2 ގައި ވެސް، 138 ޔުނިޓްގެ ޢިމާރާތެއް ބިނާކުރަން މިހާރުވަނީ ނިންމާފައި. އެ ޢިމާރާތުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ މިއަހަރު ބިޑްކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ކުރިއަށް ގެންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ވިދާޅުވުން ވެސް އެމަނިކުފާނު މިރޭ ތަކުރާރުކުރެއްވި އެވެ.

" ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ އެކަމާ ބެހޭ ދިރާސާތައް ކުރަމުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ ހުރިހާ ކަމަކީ ވެސް ގުޅިފައިވާ ކަންތައްތަކެވެ. ސިފައިންނާ ގުޅޭ އެތައް ކަމެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް އެބަދާ ކަމަށް ވެސް ވިދާޅުވި އެވެ.

އުތުރު ތިލަފަޅު ހިއްކައިގެން ހަދާފައިވާ 'ސިފަވަރު' ގައި "އެކަތަ ބަނދަރު"ގެ ނަމުގައި ހަދާ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަަޝްރޫއަކީ ރައީސް ވިދާޅުވި ގޮތުގައި އެފަދަ އެއް މަޝްރޫ އެވެ.