Advertisement

ފަލަސްތީނުގެ އިސް ދެ ގްރޫޕުން އިރާނުގައި މަޝްވަރާ ކުރަނީ

ފަލަސްތީން މީހެއް. -- ފޮޓޯ: އޭޕީ


ފަލަސްތީނުގެ އިސް ދެ ގްރޫޕުން އިރާނުގައި މަޝްވަރާ ކުރަނީ

ތެހްރާން، އިރާން (ޖޫން 19) - ފަލަސްތީނުގެ ދެ ގްރޫޕް ކަމުގައިވާ އިސްލާމިކް ޖިހާދާއި ހަމާސްގެ ލީޑަރުން ހޯމަ ދުވަހު އިރާންގެ ލީޑަރުންނާ ބައްދަލުކޮށްފި އެވެ.

ހުޅަނގު އައްސޭރީގައި އިޒްރޭލްގެ ހަމަލާތައް އިތުރުވެފައި ވަނިކޮށް ބޭއްވި އިސްލާމިކް ޖިހާދްގެ ވެރިޔާ ޒިޔާދް އަލް ނަހަލާހް ބައްދަލުކުރެއްވީ އިރާންގެ ރައީސް އިބްރާހިމް ރައިސީއާ އެވެ.

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔޭ ބައްދަލުކުރެއްވީ އިރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ އާ ސެކެޓްރީ އަލީ އަކްބަރު އަހްމަދިއާންއާ އެވެ.

އޭގެ ފަހުން އެހެން އޮފިޝަލުންނާ އެކު ބައްދަލުވުމެއް އޮތެވެ. ހަމާސް އާއި އިސްލާމިކް ޖިހާދުން ވެސް ދެކޭ ގޮތުގައި 75 އަހަރުވީ އިޒްރޭލުގެ އަޅުވެތިކަމުން ފަލަސްތީން ސަލާމަތް ވާނީ ރައްދުގައި އަސްކަރީ ގޮތުން މަސައްކަތްކޮށްގެންނެވެ.

އިރާނުގައި ބައްދަލުވުން ކުރިއަށް ދިޔަ އިރު، އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގައި ހަމަލާތަކެއް ދީ ހޯމަ ދުވަހު ފަލަސްތީނުގެ ފަސް މީހުން މަރާލައިފަ އެވެ.