19 ޖޫން 2023 - 11:48 2
ހަސަން މުހައްމަދު
ރިފްއަތު މަޖިލީހުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރަން ސަރުކާރުންވީ ވައުދު ފުދިއްޖެ ކަމަށް -- ފޮޓޯ: މަޖިލިސް
19 ޖޫން 2023 - 11:48 2
ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަން މިއަދު ސަރުކާރުން ހުށަހެޅި ބިލާއެކު ޝަރުއީ ދާއިރާ އިސްލާހު ކުރަން މި ސަރުކާރުންވެފައިވާ ވައުދު ފުރިހަމަވެއްޖެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.
ޖޭއެސްސީގެ ހިމެނޭ ތިން މެމްބަރެއް އުނިކޮށް މެމްބަރުންގެ އަދަދު 10 އަކުން ހަތަކަށް ތިރިކުރަން މިއަދު ހުށަހެޅުއްވުމަށްފަހު ރިފްއަތު ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރަން މިހާތަނަށް ނުވަ ބިލެއް ހުށަހަޅާފައިވާ ކަމަށާއި މިއަދު ހުށަހެޅީ އެންމެ ފަހު ބިލު ކަމަށެވެ.
"ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އިޖުތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވައުދު. މި މަސައްކަތްވަނީ 2019 ގައި ފަށާފަ. މިހާތަނަށް ކަމާގުޅޭ ނުވަ ބިލެއް މަޖިލީހަށް ވަނީ ހުށަހަޅާފަ. މިއަދުގެ ދެ ބިލާއެކު މި އިސްލާހީ މަސައްކަތް ފުރިހަމަކުރެވިއްޖެ،" އޭނާ ވިދާޅުވި އެވެ.
ޖޭއެސްސީ މެމްބަރުންގެ އަދަދު ހަތަކަށް ތިރިކުރަން އޭޖީގެ ބިލެއް
"މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެނޫން ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ހިޔާލާއި މަޝްވަރާގެ އަލީގައި."
ޖޭއެސްސީ މެމްބަރުންގެ އަދަދު ހަތަކަށް ތިރިކުރަން އޭޖީގެ ބިލެއް
"މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެނޫން ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ހިޔާލާއި މަޝްވަރާގެ އަލީގައި."
މި ސަރުކާރުން މަޖިލީހަށް ހުށަހެޅި، ޝަރުއީ ދާއިރާއާ ގުޅޭ ބިލުތަކުގެ ތެރޭގައި، ކުޑަކުދިންގެ އަދުލުގެ ބިލާއި އިންތިގާލީ އިންސާފުގެ ބިލާއި ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހު ކުރަން ހުށަހެޅި ދެ ބިލަކާއި މަދަނީ އިޖުރާއަތުގެ ބިލު ހިމެނެ އެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ސަރުކާރުން ހުށަހެޅި ބިލުގައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޖޭއެސްސީގެ މެމްބަރުން ކޮމިޝަނުން އުނިކުރުމަށެވެ.
"މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭއެސްސީގެ މެމްބަރުންގެ އަދަދަކީ ހަތެއް ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުން،" ރިފްއަތު މިއަދު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ލިޔުއްވި އެވެ.
ސަރުކާރުން އުނިކުރަން ހުށަހަޅާ ތިން މެމްބަރުންގެ އިތުރުން މިހާރު އެ ކޮމިޝަނުގައި ތިބެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ފަނޑިޔާރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި ބަންޑާރަ ނައިބާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
މުވައްޒަފު
over 1 year ago
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ސްޓެޓް އެލަވަންސް ނުދީ މިއަހަރުން ފެށިގެން އެއެލަވަންސް ދެން ނުދޭން ނިންމި ނިންމުމަކީވެސް ތިއިސްލާހުތެރޭގައި ހިމެނޭކަމެއްދޯ. ވައުދު ފުރިހަމަވެއްޖެ އެހެންވީމާ. ވޯޓް ޔަގީން
މަސީހު
over 1 year ago
ވައުދު ފުރިހަމަވެފަ އެއޮތީ. ރަށުން ފުރާފަ.
Comment