about 21 hours 0
މުހައްމަދު ޝަހްޒާން
އަޒްމިރަލްދާ އާއި އޭނާގެ ގާނޫނީ ވަކީލު، އިބްރާހިމް ޝަމީލު -- ފޮޓޯ: އަހުމަދު އާއިދު / އަދަދު
about 21 hours 0
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ ދެވަނަ މައްސަލައިގެ އަޑުއެހުންތައް ވެސް އާންމު މަސްލަހަތަށް ގެއްލުން ވެދާނެ ކަމަށް ބުނެ އާންމުކޮށް ހުޅުވައި ނުލާން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.
ޑރ. އަޒްމިރާލްދާގެ ދެވަނަ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްދިނުމަށް އެދުނީ އަޒްމިރާލްދާ އެވެ. ނަމަވެސް އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިފި ނަމަ އާންމު މަސްލަހަތަށް ގެއްލުން ވެދާނެ ކަމަށް ބުނެ އަޑުއެހުންތައް ސިއްރު ކުރަން ނިންމީ ޖޭއެސްސީގެ އިނެވެސްޓިގޭޓިވް ކޮމިޓީން ކަމަށް އަޒްމިރާލްދާގެ ގާނޫނީ ވަކީލު، އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.
އަޒްމިރާލްދާގެ ދެ މައްސަލައެއް ޖޭއެސްސީން ދަނީ ތަހުގީގު ކުރަމުންނެވެ. އެއީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލަ އާއި ހައި ކޯޓުގެ މުވައްޒަފަކު ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މި ފަހުން އިސްތިއުފާދެއްވި ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އިންނެވި ކަމަށް ބުނާ މައްސަލަ އެވެ.
އޭގެތެރެއިން މީގެ ކުރިން އަޒްމިރާލްދާ ހާޒިރުކޮށް ކުރިއަށް ގެންދިޔައީ އަޒްމިރާލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑު އެހުމެވެ. އެ އަޑުއެހުން ވެސް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ. ނަމަވެސް އެ އަޑުއެހުން ވެސް އާންމުކޮށް ހުޅުވައިލަން އަޒްމިރަލްދާގެ ފަރާތުން އެދުނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment