Advertisement

ހުކުމް ނުކޮށް ލަސްކުރުމުންް ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީނަށް ނަސޭހަތް ދެނީ

19 ޖޫން 2023 - 10:14 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން --


ހުކުމް ނުކޮށް ލަސްކުރުމުންް ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީނަށް ނަސޭހަތް ދެނީ

19 ޖޫން 2023 - 10:14 0

ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތަށް ހުކުމް އިއްވާފައި ނުވާތީ، ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދުއަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅި ގަޒިއްޔާއެއްގެ ޝަރީއަތް ފެށިގެން ގޮސް ދެފަރާތުން ހުލާސާ ބަޔާންް ހުށަހެޅުމުން ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ހުކުމްްކުރުމުގެ މަޖިލިސް ބާއްވާފައި ނުވާ ކަމަށެވެ.

ހުކުމް ކޮށްފައި ވަނީ ގަޒިއްޔާގެ އަޑުއެހުންްތައް ނިމުނުތާ ބަންދު ދުވަސްތައް ހިމަނައިގެން 157 ދުވަސް ފާއިތުވި ފަހުންނެވެ. އަދި, އެކަން ތަހުގީގަށް ހުށަހެޅުނު ލިއެކިއުންތަކުން އަދި ރަފީއުއްދީނުގެ ބަހުން ސާބިތުވެފައި ވާކަމަށް ޖޭއެސްސީއިން ބުނެ އެވެ.

މި މައްސަލާގައި ޖޭއެސްސީއިން ނިންމާފައި ވަނީ މެޖިސްޓްރޭޓު ރަފީއުއްދީނަށް ނަސޭހަތްް ދިނުމަށެވެ.

މި މައްސަލަ ބަލަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގަ އެވެ.

ރަފީއުއްދީންގެ އިތުރު މައްސަލައެއް ވެސް ޖޭއެސްސީއިންް އަންނަނީ ބަލަމުންނެވެ. އެއީ އަވަސް ނިޔާގެ ހުކުމް ކުރަންޖެހޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ ބ. އާ ހިލާފަށް މައްސަލައިގެ ހުކުމް ކޮށްފައިނުވާ މައްސަލައެކެވެ.

މެޖިސްޓްރޭޓު ރަފީއުއްދީންް ހައިކޯޓުގެ އަމުރެއް ސަސްޕެންޑުކުރުމަށް ފަހު، ގިނަ އަދަދަކަށް ރާއްޖެއަށް ޑްރަގު އެތެރެކުރުމުގައި ބައިވެރި މީހަކު ބަންދުން ދޫކޮށްލި މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވި އެވެ.

މި މައްސަލާގައި ފްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.