Advertisement

ރަހީނުކޮށްފައި ތިބި މީހުންނަށް ފަރުވާދިނުމަށް ފަހު ދޫކޮށްލައިފި

17 ޖޫން 2023 - 20:00 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އައިޖީއެމްްއެޗުގައި ފަރުވާ ދިނުމަށް ފަހު ރަހީނުކޮށްްފައި ތިބި މީހުން ވަނީ ގެއަށް ދޫކޮށްލާފައި، އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވޭ -- ފައިލް ފޮޓޯ: އަދަދު


ރަހީނުކޮށްފައި ތިބި މީހުންނަށް ފަރުވާދިނުމަށް ފަހު ދޫކޮށްލައިފި

17 ޖޫން 2023 - 20:00 0

މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިއްބައި ސަލާމަތްކުރި ތިން މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އެމީހުންނަށް ސީރިއަސްް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، މިހާރު އެމީހުން ގެއަށް ދޫކޮށްލާފައި ވާކަމަށެވެ.

ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތް ކުރީ އަބަދަށް އުފާ މަގުގައި ހުރި ގެއެއްގެ ދޮރު ވައްޓާލައި އެ ގެއަށް ގަދަކަމުން ވަދެގަނެގެންނެވެ. އެމީހުން ސަލާމަތްކުރި އިރު އެކި ވަރުގެ އަނިޔާ ދީފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި މިހާތަނަށް ދެމީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ކަމަށް ފުލުހުންް ހާމަކޮފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ މާބޮޑު ތަފްސީލެއް އަދި ނުދެ އެވެ. މީހުން ރަހީނުކުރުމުގެ ޖަރީމާ ހިންގި މީހުން އެއްވެސް ޑިމާންޑެއް ކުރިކަން ނުވަތަ ނޫންކަމެއް ވެސް އަދި ނޭނގެ އެވެ.