Advertisement

ހުޅުމާލޭގައި ހިންގި ޑްރަގު އޮޕަރޭޝަނެއްގައި އަށް ދިވެހިން ހައްޔަރުކޮށްފި

ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން. މިރޭގެ އޮޕަރޭޝަން ހިންގީ ހުޅުމާލެ ފްލެޓް 118 ގައި ކަމަށް މައުލޫމާތު ލިބޭ --- ފޮޓޯ: ފައިލް


ހުޅުމާލޭގައި ހިންގި ޑްރަގު އޮޕަރޭޝަނެއްގައި އަށް ދިވެހިން ހައްޔަރުކޮށްފި

ހުޅުމާލޭ ފޭސް އެކެއްގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އޮޕަރޭޝަނެއްގައި އޮޕަރޭޝަނެއްގައި އަށް މީހުން މިރޭ ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި ހައްޔަރުކުރީ ހަތް ފިރިހެނުންނާއި އަންހެނެއް ކަމަށާއި، އެ އެންމެންނަކީ ވެސް ދިވެހިން ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި އަތުލައިގަތީ ކިހާ ބަރުދަނެއް ހުރި މަސްތުވާތަކެއްޗެއް ކަމެއް އަދި ހައްޔަރުކުރި މީހުންނަށް ތުހުމަތު ކުރެވެނީ ކޮން ކަމެއް ކަމެއް ފުލުހުން ނުބުނެ އެވެ.

މި މައްސަލަ އިތުރަށް ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އަންނަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތައް ހިންގައި، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހައްޔަރު ކުރަމުންނެވެ.