މަޖިލީހުގައި އާޒިމް ހެއްދެވީ ދޮގެއް، އެ ދަރަޖައަށް ވެއްޓި ރައްދެއް ނުދޭނަން: ރައީސްގެ ތަރުޖަމާނު

17 ޖޫން 2023 - 05:49 4

ހަސަން މުހައްމަދު

ހ

މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ވިދާޅުވީ އޭނާއަކީ ރާ ބޯ މީހެއް ކަމަށާއި އޭނާއާއެކު ރައީސް ސޯލިހު ވެސް ރާ ހިއްޕަވާ ކަމަށް -- ފޮޓޯ: މަޖިލިސް


މަޖިލީހުގައި އާޒިމް ހެއްދެވީ ދޮގެއް، އެ ދަރަޖައަށް ވެއްޓި ރައްދެއް ނުދޭނަން: ރައީސްގެ ތަރުޖަމާނު

17 ޖޫން 2023 - 05:49 4

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ތަޅުމުގައި ހެއްދެވީ ދޮގެއް ކަމަށާއި އެ ދަރަޖައަށް ވެއްޓި ރައްދު ނުދޭނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މިއަދު ވިދާޅުވެއްޖެ އެވެ.

ވާހަކަ ދައްކަވަމުން ލިބުނު ފުރުސަތުގެ ބޭރުން ތަޅުމުގައި އެހެން މެމްބަރަކަށް ހަޅޭއްލަވަމުން އާޒިމް ވިދާޅުވީ އޭނާއަކީ ބަނގުރާ ބޯ މީހެއް ކަމަށާއި އޭނާއާއެކު ރައީސް ސޯލިހު ވެސް ރާ ހިއްޕަވާ ކަމަށެވެ.

އެ މައްސަލައިގައި "އަދަދު" އާ ވާހަކަ ދައްކަވަމުން ރައީސްގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ އާޒިމް ހެއްދެވީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އެއީ ދޮގެއް. އެވަރުގެ ދަށު ދަރަޖައަށް ވެއްޓި ދައްކާ ވާހަކަތަކަށް ރައްދު ދޭކަށް ބޭނުމެއް ނޫން،" މިއުވާން ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ "ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެ މަޖިލީހުގެ ކޮމެޓީއެއްގައި މަޖިލީހުގެ މެމްބަރަކު ނުވަތަ އެ ނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތުގެ މަތިން ދެއްކި ވާހަކައެއް ނުވަތަ ހުށަޙެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލު ކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮށް ހަދައިގެން ނުވާނެ" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ވެސް ކުރިއަށްނުގެންދެވިގެން ހުއްޓާލީ އެވެ. މަޖިލީހުގެ މަސައްކަތް ހުއްޓިފައި ވަނީ މައިގަނޑު ދެ ސަބަބަކާހުރެ އެވެ. އެއީ އެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކި ކުރަން ހުށަހަޅާފައި އޮތް މައްސަލަ ގަވާއިދުގައި ބުނާ ތާރީހަށް ކުރިއަށް ގެންގޮސްފައިނުވާތީ އާއި ކޮމެޓީތަކުގެ ހަމައާމެދު އެއްބަސްނުވެވިގެނެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް މަޖިލީހަށް ހުށަހަޅާފައިވާތީ އެމަނިކުފާނު ވަނީ މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގެންފަ އެވެ. އެންމެ ފަހުން ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

33.33%

0.00%

66.67%

0.00%

މި ލިޔުން ކިޔާލުމުން


މުލޭ

almost 2 years ago

އިބްރާހީމް މުޙައްމަދު ސާލިހް ބުއިވާހަކަ ބުންޏަސް ގަބޫލުކުރަން ދަތި. އެކަމަކު ބޮޑުވަޒީރު ބުއިވާހަކަ ނުބުންޏަސް ނުވަތަ ނުބޯނެއޭ ބުންޏަސް ގަބޫލުކުރަން ދަތި.

މުހައްމަދު ހަނީފު

almost 2 years ago

ގަބޫލުކުރެވެނީ އާޒިމު ދައްކަނީ ރަނގަޅުވާހަކައެއްކަމައް އާޒިމުގެ ނެތީ ކޮލިޓީއެއް މައްސަލަދިމާވީމަ ކަނޑިކިބާލާ ބޮލުގައަޅަން ނުޖެހޭ ތިމައްސަލާގަ އަޅުގަނޑު ސަޕޯޓު ކުރަނީ ރައީސުގެ ނިންމެވުމައް

ލާމު

almost 2 years ago

ތިމަންނަ ރާ ބުއިމޭ ބުނެފިއްޔާ އެކަން ބެލެންވާނެ.

ދޮންމޮހޮނު

almost 2 years ago

ނުބެލޭނެ، މާވަރުގަދަ އިމްތިޔާޒެއް އޮންނަ ބައެއް. އެކަމަކު މާތްﷲ ގެ ދަރުބާރުގައި ޖަވާބުދާރީވާން ޖެހޭނެ، ދެކޮނޑުގައި ތިއްބަވާ ދެ މަލާއިކަތުން ނުހުއްޓުވޭނެ. އެވަރު ނޭގޭ ބީތާއިން މަޖިލީހުގެ ގަވައިދު ހަދާފައި އެއޮތީ.