Advertisement

ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަށް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ލައިސަންސް ލިބިއްޖެ

16 ޖޫން 2023 - 16:21 0

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގައި ބަޝުންދަރާ އާއި މާޒިޔާ ބައްދަލުކުރަނީ.--- ފޮޓޯ: އޭއެފްސީ


ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަށް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ލައިސަންސް ލިބިއްޖެ

16 ޖޫން 2023 - 16:21 0

ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން، ބަޝުންދަރާ ކިންގްސް އަށް ކުރިއަށް އޮތް އޭއެފްސީ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ލައިސަންސް ލިބިއްޖެ އެވެ.

މިއީ މި ލައިސަންސް ބަންގްލަދޭޝްގެ ކްލަބަކުން ހޯދި ފުރަތަމަ ފަހަރެވެ. މި ލައިސަންސް ލިބުމާ އެކު، ބަޝުންދަރާ އިން މި އަހަރު އޮގަސްޓް މަހު ކުޅޭ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްރިލިމިނަރީ ކޮލިފައިން ބުރުގައި ވާދަކުރާނެ އެވެ. އެ ބުރުގައި ބަޝުންދަރާ ކުޅެން ޖެހޭނީ އުޒްބެކިސްތާންގެ އެފްސީ އޭޖީއެމްކޭ އޮލްމަލިކް ނޫނީ ޔޫއޭއީގެ ޝާރްޖާ ފުޓްބޯލް ކްލަބާ އެވެ.

ބަޝުންދަރާގެ އޮފިޝަލަކު ބަންގްލަދޭޝް މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ލައިސަންސް އެ ކްލަބަށް ލިބުނުއިރު، މިއީ މިހާތަނަށް ބަންގްލަދޭޝް ކްލަބަކަށް އެކަން ކުރެވުނު ފުރަތަމަ ފަހަރަށް ވުމަކީ، ބަޝުންދަރާ އަކީ ޕްރޮފެޝަނަލްކޮށް ހިނގާ ކްލަބެއްކަން ދޭހަވާ ކަމެއް ކަމަށެވެ.

މީގެ ކުރިން ސާފްގެ ގައުމުތަކުގެ ކްލަބްތަކުގެ ތެރެއިން، އޭއެފްސީ ޗެމްޕިއަންސް ލީގުގައި ކުޅެފައިވަނީ މުޅިން ވެސް އިންޑިއާގެ ކްލަބްތެކެވެ.

ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝް ގައުމީ ޓީމަށް ވެސް ކުރިން ކޯޗުކޮށްދިން ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބަޝުންދަރާ އަކީ މި ފަހަރުގެ އޭއެފްސީ ކަޕަށް ވެސް ކޮލިފައިވެފައިވާ ޓީމެކެވެ. އެ ގޮތުން، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި ބަޝުންދަރާއާ އެކު މި ވަގުތު ހިމެނެނީ ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި އިންޑިއާގެ އޮޑިޝާ ފުޓްބޯލް ކްލަބް އެވެ. ދެން، މި ގްރޫޕަށް ވަންނާނީ ކޮލިފައިން ބުރުން ހޮވޭ ޓީމެކެވެ.