Advertisement

އިރާނަށް ދަތުރުކުރުން ރައްކާތެރިނުވާނެތީ މޯހަން ބަގާން އިން އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ އިން ވަކިވެއްޖެ

30 ސެޕްޓެންބަރު 2025 - 14:17 0


އިރާނަށް ދަތުރުކުރުން ރައްކާތެރިނުވާނެތީ މޯހަން ބަގާން އިން އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ އިން ވަކިވެއްޖެ

30 ސެޕްޓެންބަރު 2025 - 14:17 0

ކުއަލަ ލަމްޕޫރު، މެލޭޝިއާ (ސެޕްޓެމްބަރު 30) - އިރާނަށް ދިއުމަކީ ކުޅުންތެރިންނަށް ރައްކާތެރި ކަމަކަށް ނުވާނެތީ އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ އިން އިންޑިއާގެ މޯހަން ބަގާން ސުޕަ ޖަޔަންޓްސް ވަކިވެއްޖެ އެވެ.

މިއަދު، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި މޯހަން ބަގާން އިން އިރާނުގެ ސެޕަހާން އެފްސީއާ ކުޅެން އޮތް މެޗު އޮތީ ތާވަލުކޮށްފަ އެވެ. އެކަމަކު، މެޗުގެ ތިން ދުވަސް ކުރިން އިރާނަށް ދަތުރުކުރަން ދެކޮޅު ހެދި މޯހަން ބަގާން ޓީމުން އެންމެ ފަހާ ޖެހެންދެން ވެސް އެ ގޮތުގައި ހިފަހައްޓައި، އެންމެ ފަހުން މި ވަނީ މުބާރާތުން ވަކިވެފަ އެވެ.

މޯހަން ބަގާން އިން ބުނެފައިވަނީ، އިރާނަށް ދަތުރުކުރުމަކީ އެ ޓީމުގެ ކުޅުންތެރިން ނުރައްކަލެއްގެ ތެރޭގައި އޮތް މާހައުލަކަށް ހުށަހެޅުން ކަމަށް ފެންނާތީވެ، ކުޅުންތެރިންގެ ރައްކަލަށްޓަކައި މެޗު ކުޅެން ނުދާން ނިންމީ ކަމަށެވެ. އަދި، މޯހަން ބަގާން މުބާރާތުން ވަކިކުރަން ނިންމައި، އޭއެފްސީން ވަނީ މި މުބާރާތުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި، ތުރުކުމެނިސްތާންގެ އަހަލް އެފްސީ އަތުން 1-0 އިން ބަލިވި މެޗުގެ ކަންކަން އެއްކޮށް އުވާލައިފަ އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މޯހަން ބަގާން އަށް ކުޅޭ ބިދޭސީ ހަ ކުޅުންތެރިން ވެސް އިރާނަށް ދިއުމަށް ދެކޮޅު ހެދި އެވެ. މިދިޔަ ސީޒަނުގައި، އިންޑިއާގެ ކްލަބެއް ކަމަށްވާ މުމްބާއި ސިޓީން ވަނީ ތެހެރާންގައި ބިދޭސީ ކުޅުންތެރިން ނުލައި މެޗެއް ކުޅެފަ އެވެ. އެކަމަކު، މޯހަން ބަގާން އިން މި ނިންމީ އެ ޓީމު މެޗަށް ދަތުރު ނުކުރުމަށެވެ.

މި ގްރޫޕްގައި ދެން އޮތީ ޖޯޑަންގެ އަލް ހުސެއިން ސްޕޯޓްސް ކްލަބް އެވެ. އެ ޓީމާ ދެކޮޅަށް މި މަހު 21 ވަނަ ދުވަހު ކުޅެން އޮތް މެޗުގެ ކުރިން މޯހަން ބަގާން މި ވަނީ މުބާރާތުން ވަކިކޮށްފަ އެވެ.