13 ޖޫން 2023 - 13:08 0
މުހައްމަދު ނަސީމް
ރައްުޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ މަޖިލީހުގެ ޖަލްސާއެއްގައި ލިއުމެއް ވިދާޅުވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
13 ޖޫން 2023 - 13:08 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަނޑައަޅުއްވާ އެހެން ބޭފުޅަކާ ރިޔާސަތު ހަވާލުކުރައްވައިގެން ވެސް މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން އޮތްކަން އަންގަވައި، އެ އިންތިޒާމު ހަމަޖައްސަވައި ދެއްވަން އަމީން އާންމު ފާތިމަތު ނިއުޝާ އެދިވަޑައިގަތް ކަން އެނގިއްޖެ އެވެ.
ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި އަމީން އާންމު ވިދާޅުވީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވާފައިވާ މަޝްވަރާގެ އަލީގައި، ޖަލްސާ ކުރިއަށް ގެންދެވޭނެ ދެގޮތެއް އޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. މިހާުރު އާއްމުވެފައި ސިޓީގައި، އަމީން އާއްމު އެ ދެ ގޮތް ވަރަށް ތަފްސީލުކޮށް ވިދާޅުވެދެއްވާފައި ވެ އެވެ.
"...އެ ގަރާރުގެ މަސައްކައް ކުރިއަށް ގެންދެވިދާނެ ކަމަށް އަޅުގަނޑަށް ފެންނަަަ އެއް ގޮތަކަަ،ީ އެ ގަރާރު ހުށަހެޅުމުގެ ޖަލްސާ ގައި ވާހަކަަ ދައްކާނެ މެންބަރުންގެ އަދަދާއި ފުރުސަތުގެ ދިގުމިން އާންމު ކޮމިޓީން ކަނޑައެޅުން އަވަސް ކުރުމަށްޓަކައި, މަޖަިލީހުގެ ދާއިމީ ކޮމިޓަީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލާ ގުޅޭ ގޮތުން މަޖަިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި އެ މައްސަލަަ ދެން އެންމެ އަވަހަށް އޮންނަަ މަޖިލީހުގެ އާންމު ޖަލްސާއަކަށް އެޖެންޑާކޮށްދެއްވުމާ އެކު މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތަު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު މަޖިލަީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަަޖިލީހުގެ ރައީސް ކަނޑައެޅިގެން އެހެން ފަރާތަކާ ހަވާލު ކުރެއްވުމެވެ،" ސިޓީގައި ނިޔުޝާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މެމްބަރުން ވަޑައިގެންނެވުމުން މިއަދުގެ ޖަލްސާ ކުރިއަށް ގެންދެން ނެތްކަން އަމީން އާންމު ނިޔުޝާ އިއުލާނުކުރެއްވީ އިއްޔެ ފޮނުއްވި ސިޓީއަށް ނަޝީދު އިޖާބަ ދެއްވާފައި ނުވާތީ އެވެ. ޖަލްސާ ބޭއްވެން ނެތް ކަމަށް ކަނޑައެޅީ ރިޔާސަތު ބަލަހައްޓާނެ މީހަކާ މެދު ގޮތެއް ނުނިމޭތީ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވަކި ކުރަން ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ކުރާ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވާކަން 12 ޖޫން 2023 ގައި އެމަނިކުފާނު ފޮނުއްވި ސިޓީފުޅުގައި އަންގަވާފައިވޭ. އެހެންކަމުން މިއަދުގެ މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާ ގުޅޭ ގޮތުން ވަކި ގޮތެއް ކަނޑަނޭޅެނީސް މި ވަގުތު މި ޖަލްސާ ކުރިއަށްގެންދެވެން ނެތް ވާހަކަ އިއްޒަތްތެރި މެމްބަރުންނަށް ދަންނަވާލަން،" އަމީން އާންމު ނިޔުޝާ ވިދާޅުވި އެވެ.
އީވާގެ މައްސަލަ މިއަދު އެޖެންޑާކޮށްގެން ފެށިއިރު ގަވާއިދުގައިވާ ގޮތުން އެ ޖަލްސާގެ އިންތިޒާމްތައް ހަމަޖައްސަންޖެހެނީ އާންމު ކޮމެޓީންނެވެ. ނަމަވެސް އެ ކޮމެޓީ ފުރިހަމަ ކުރާނެ ގޮތަކަށް ޕާޓީތަކަށް އެއްބަސްނުވެވިގެން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކާނެ މެމްބަރުންނާއި ވަގުތު ގަވާއިދުގައި ބުނާ ގޮތަށް ކަނޑައަޅާފައެއްނުވެ އެވެ.
Comment