Advertisement

އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބެރްލަސްކޯނީ އަވަހާރަވެއްޖެ

ބެރްލަސްކޯނީ އަވަހާރަވީ އުމުރުން 86 އަހަރުގައި. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބެރްލަސްކޯނީ އަވަހާރަވެއްޖެ

ލޭގެ ކެންސަރު ޖެހި ފަރުވާ ދިނުމަށް ފަހު މިދިޔަ އެޕްރީލް މަހު ފުއްޕާމޭގެ އިންފެކްޝަނެއް ކުރިމަތިވި އިޓަލީގެ ކުރީގެ ބޮޑު ވަޒީރު ސިލްވިއޯ ބެރްލަސްކޯނީ އުމުރުން 86 އަހަރުގައި އަވަހާރަވެއްޖެ އެވެ.

އިޓަލީގެ ނޫސްތަކުން ބުނީ އެމަނިކުފާނު އަވަހާރަވީ މިލާންގެ ސޭން ރަފައެލޭ ހޮސްޕިޓަލުގައި ކަމަށެވެ.

ހަތަރު ފަހަރު ބޮޑު ވަޒީރުކަން ކުރަައްވާފައިވާ ބެރްލަސްކޯނީ ހުންނެވީ ފޯޒާ އިޓާލިއާ ޕާޓީގެ ލީޑަރުގެ މަގާމުގަ އެވެ. އޭގެ އިތުރުން ސެނެޓުގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.

އެހެން ނަމަވެސް 2020 ވަނަ އަހަރު ކޮވިޑް ޖެހުނު ފަހުން، ބެރްލަސްކޯނީއަށް ވަނީ ތަކުރާރުކޮށް ސިއްހީ މައްސަލަތައް ކުރިމަތިވެފަ އެވެ.

ބެރްލަސްކޯނީއަކީ މީޑިއާ ވިޔަފާރީގައި އިންވެސްޓުކޮށް ބިލިއަނަރަކަށް ވެފައިވާ މީހެކެވެ. މިދިޔަ އެޕްރީލް މަހު އިންފެކްޝަނަށް ފަރުވާ ދިނުމަށް ފަހު ހާލު ރަނގަޅުވި ކަމަށް އާއިލާއިން ބުންޏެވެ.

ބެރްލަސްކޯނީ އެންމެ ފަހުން ބޮޑު ވަޒީރުކަން ކުރެއްވީ 2011 ގަ އެވެ. ކޮރަޕްޝަނާއި އަންހެން ކުއްޖަކާ އެކު ބޭއްވި ގުޅުންތަކުގެ ތުހުމަތާ ހެދި އެމަނިކުފާނާ މެދު އިތުބާރު ގެއްލުނެވެ.