Advertisement

އައްޑޫގެ އިގުތިސާދު ބަދަލުކޮށްލަން ވިޔަފާރިތަކަށް ޓެކްސް ލުއިތަކެއް ދެނީ

11 ޖޫން 2023 - 20:46 0


އައްޑޫގެ އިގުތިސާދު ބަދަލުކޮށްލަން ވިޔަފާރިތަކަށް ޓެކްސް ލުއިތަކެއް ދެނީ

11 ޖޫން 2023 - 20:46 0

އައްޑޫގެ އިގުތިސާދަށް ބޮޑު ބަދަލެއް ގެނައުމަށް ޓަކައި އެ ސިޓީގައި ހިންގާ ވިޔަފާރިތަކަށް ޓެކްސްގެ ގޮތުން ލުޔެއް ދޭން މަސައްކަތްކުރަމުން އަންނަ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިގުތިސާދީ ހުރިހާ ބުރެއް އެކު އެކީގައި އެނބުރިގެން ނޫނީ ނަތީޖާއެއް ނުނެރެވޭނެ ކަމަށާއި އައްޑޫގެ ހުރިހާ މަސައްކަތްތަކެއް އެއްފަހަރާ ކުރަނީ އެހެންވެ ކަމަށެވެ. އައްޑުއަށް ބިން އިތުރުކުރުމާއި މަގުތައް ހެދުމާއި އެއާޕޯޓް ތަރައްގީކުރުން އަދި ޓޫރިޒަމަށް އިތުރު ރަށްތައް އުފެއްދުމު މަސައްކަތް ކުރިއަށް ދަނީ އޭނާ ވިދާޅުވި ގޮތުގައި އެކު އެކުގަ އެވެ.

"ސަރުކާރުން އިންވެސްޓްކުރާ މަޝްރޫޢުތައް ނިމުމުން އައްޑޫގައި މިހާރު ރަޖިސްޓަރީ ކޮށްފައިވާ 1،528 އެނދު (ޝަންގްރިލާ ހިމަނައިގެން) ގެ އިތުރަށް ގާތްގަނޑަކަށް 7000 އެނދު އިތުރުކުރެވިގެންދާނެ. މިހާރުގެ ބެޑް ކެޕޭސިޓީ އަށް 4 ގުނައަށްވުރެ ބޮޑު އަދަދެއް އިތުރުވާނެ. މީގެ އިތުރުންވެސް އައްޑޫގެ ޓޫރިޒަމްގެ އިތުރުން މުޅި އިޤްތިޞާދީ ލޭންޑްސްކޭޕް ބަދަލުކޮށްލުމަށް އެހީތެރިވެދިނުމުގެ ގޮތުން އައްޑޫގައި ހިންގާ ވިޔަފާރިތަކަށް ޓެކްސް ކޮންސެޝަންތަކެއް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އައްޑޫގައި ފެށި ބިން ހިއްކުމުގެ މަޝްރޫއުއަކީ އައްޑޫގެ ޗާޓު އަބަދަށް ބަދަލުކޮށްލާނެ މަޝްރޫއެކެވެ. އެ އަތޮޅު ހިއްކަނީ މީގެ ކުރިން ރާއްޖޭގެ އެހެން އަތޮޅެއް ނުދެކޭ ފުޅާމިނެއްގަ އެވެ. އެކަން ނިންމާލާނީ އައްޑޫ ހިތަދުއާއި މަރަދޫފޭދޫގެ އާބާދީއަށް ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާ ވަރަށް ބިން އިތުރުކުރުމާއެކު ރިސޯޓު ހަދަން މުޅިން އަލަށް ތިން ރަށެއް ފެނުން މައްޗަށް ހިއްލައިފަ އެވެ. އެއީ 1.5 ބިލިއަން ރުފިޔާ ހޭދަކޮށްގެން އައްޑުއަށް އިތުރުކުރާ ޖުމްލަ 194 ހެކްޓަރެވެ.