Advertisement

ބައިލައްކަ ރުފިޔާގެ އަގުހުރި ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލުން ފަށައިފި

10 ޖޫން 2023 - 13:09 0

މާލޭގައި ހުންނަ ބީއެމްއެލް އިސްލާމިކް އިމާރާތް -- ފޮތޯ: މުހައްމަދު ޝާބިން / އަދަދު


ބައިލައްކަ ރުފިޔާގެ އަގުހުރި ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލުން ފަށައިފި

10 ޖޫން 2023 - 13:09 0

ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މިމަހުގެ 22 ގެ ނިޔަލަށް ކުރިއަށް ދާ އެ ޕްރޮމޯޝަނުގައި ބީއެމްއެލް އިސްލާމިކް ފައިނޭންސިންގެ ކޮންމެ ޕްރޮޑަކްޓަކަށް ވެސް އެދި ހުށަހަޅައި، އެ ހުށަހެޅުން ބޭންކުން އެޕްރޫވް ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނެ އެވެ. ބީއެމްއެލްގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާގެ މީހުން ފިޔަވައި އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އެ ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 3000ރ. ގެ ގިފްޓު ކާޑެއް ލިބޭނެ އެވެ. އަދި މުޅި ޕްރޮމޯޝަން ނިމުމަށްފަހު ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 50،000ރ. ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

އެ ޕްރޮމޯޝަނާ ގުޅުވައިގެން ބީއެމްއެލް އިސްލާމިކުގައި މިއަދު ގެންދަނީ ހާއްސަ އޯޕަންޑޭ އެއް ވެސް ހިންގަމުންނެވެ. އެގޮތުން މިއަދުގެ 2:00 އާ ހަމައަށް އެ ބްރާންޗް އަށް ޒިޔާރަތްކޮށް، ބީއެމްއެލް އިސްލާމިކް ފައިނޭންސިން ޕްރޮޑަކްޓުގެ މައުލޫމާތު ސާފުކޮށް، ހިދުމަތަށް އެދި ހުށަހެޅޭނެ ގޮތް އެ ބޭންކުން ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލުން ބުނީ އެ ޕްރޮމޯޝަނުގެ މުއްދަތުގައި، ގުރުއަތުން ހޮވޭ ނަސީބުވެރިންންގެ މައުލޫމާތު އެ ބޭންކުގެ ވެބްސައިޓުގައި އާންމުކުރަމުން ގެންދާނެ ކަމަށެވެ. ޕްރޮމޯޝަނުގެ ގުރުއަތުނެގުން ކުރިއަށް ގެންދާނީ ޝަރީއާ 'ކޮންސެޕްޓު ހިބާ'ގެ ދަށުން ކަމަށް ބީއެމްއެލުން ބުނެ އެވެ.